ދުނިޔެ

ބިންހެލުންތަކުގައި ނޭޕާލުން 8500އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ފާއިތުވި ދެތިން ހަފްތާ ތެރޭގައި ނޭޕާލަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 8500އަށް އަރައިފިކަމަށާ އަދި މިކާރިސާގައި ގެއްލިފައިވާ މީހުންގެ އަދަދުވެސް ހާހުން ގުނާލެވޭ ކަމަށް އެގައުމުން ބުނެފިއެވެ.ނޭޕާލުގެ ދާޚިލީ ވުޒާރާއިން އިއްޔެ ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުން ބިންހެލުންތަކުގައި އަށްހާސް ފައްސަތޭކަ ތިރީސް އަށްމީހުން މަރުވިކަން މިހާރުވަނީ ކަށަވަރުވެފައެވެ. އަދި ހާހަކަށްވުރެ ގިނަމީހުން އަދިވެސް ވަނީ ގެއްލިފާ. މިއީ ނޭޕާލުގެ ތާރީޚުގައި ކާރިސާއެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ފަހަރުކަމަށްވެސް އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.މީގެކުރިން ނޭޕާލަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ ނަވާރަސަތޭކަ ތިރީސް ހަތަރުވަނަ އަހަރުއެވެ. އެކާރިސާގައި މަރުވެފައިވަނީ އަށްހާސް ފައްސަތޭކަ ނަވާރަ މީހުންނެވެ.