މުނިފޫހިފިލުވުން

ވާހަކަ: ދެވަނަ ހިޔަނީ


ޖުލައި 10 ބުދަ ދުވަހާއި ގުޅޭ

ނޫން.... އާނ މިހޯދަނީ ކައިލް. ކީއްވެ ނުކުމެގެން އައީ... އަހަރެން ބޭނުން ތެންކިޔު ބުނެލަން............. ވަރަށް ލަދުން ހުރެ ބަޠޫލް ވާހަކަ ދައްކަން ފެށިއެވެ. އަސްލުވެސް ހެއްޔެވެ. އެއީ ކީއްވެ...... ކައިލް އިތުރަށް ބަޠޫލް ލަދު ގަންނާވާލުމުގެ ބޭނުމުގައި އަހާލިއެވެ. ދެން މުޅި މާޙައުލަށް ވެރިވެގެން ދިޔައީ ހިމޭން ކަމެވެ. ވާހަކަ ދައްކަމުން ދިޔައީ ބަސް ނުމޮށެވޭ ބަހުރުވައިންނެވެ. ދެހިތުގެ ވިންދު އެއްވަރަކަށް ޖަހަމުން ދިޔައެވެ. އެކަކަށް އަނެކަކުގެ ހިތުގެ އަޑު އެއްވެސް ހުރަހަކާ ނުލާ އިވެމުން ދިޔައެވެ. ގަދަފިނީގައި ބަޠޫލް ތުރުތުރު ލަމުން ދިޔައެވެ. އެކަމަކު ގަދަ ފިންޏަށް ވުރެން ބަޠޫލް ގެ އެތެރެހަށީގައި އުފެދިފަވާ ޠޫފާނުގެ ހޫނުކަން މާ ބޮޑެވެ.

ޠޫފާނުގައި ބަޠޫލް އޮޔާ ބެހެމުން ދަނިކޮށް އެންމެ ފަހުން އެ ހަމަހިމޭން ކަން ފޫދުއްވާލީ ކައިލް އެވެ. ބަޠޫލް ހަމަފުރަނީ ހެއްޔެވެ....... ދެން ފެންނާނީވެސް ވަރަށް ކުޑަދުވަސް ކޮޅަކަށް ނޫންހެއްޔެވެ. ބަޠޫލް އާ ނުލާ އަހަރެންނަކަށް ދިރި ނުހުރެވޭނެއެވެ. އަބަދުވެސް މިދެލޯ އެދެނީ ތި ސޫރަ ދުށުމަށެވެ. މިއީ ކޮންފަދަ ވޭނެއް ހެއްޔެވެ.......... .ކައިލް ގެ އެ ފިރިހެންވަންތަ އަޑުގައި ހިތްކުދިކުދިވާ ކަހަލަ ރިހުމެއް އެކުލެވިފަ ވެއެވެ. ބަޠޫލްގެ ރޫޙް އޭނާއަށް ގޯނާކޮށްލިއެވެ. ކައިލް އެވެ. ތިހެން ނުބުނާށެވެ. އަހަރެން ނަށްވެސް ކައިލް އާ ވަކިން ނޫޅެވޭނެއެވެ. ތިއީ އަހަރެން އެތައްދުވަހަކުއް ސުރެން ދެކެމުން އަންނަ ހުވަފެނެކެވެ. ތި ތަސްވީރަކީ ތިޞޫރައަކީ އަހަރެން ގެ ހިތުގަ މާކުރިއްސުރެން ވެސް ބިންވަޅު ނެގިފަވާ އަހަރެންގެ ލޯބިވެރިޔާއެވެ. އަހަންނާ ދުވަހަކުވެސް ވަކިނުވާނެ ކަމުގެ ޔަގީން ކަން ދޭށެވެ. ބަޠޫލް އަށް ގިސްލެވެން ފެށުނެވެ. ކައިލް ބަޠޫލް ގެ އަތުގަ ފިރުމަން ފެށިއެވެ. ބަޠޫލް އެވެ. އެއްވެސް އިންސާނަކަށް ބަޠޫލް ގެ ރުހުމާނުލާ އަހަރެމެން ވަތްކެއް ނުކުރެވޭނެއެވެ. ބަޠޫލް ވީ ކޮންމެ ތާކު އަހަރެން ވާނެއެވެ.

އަހަރެމެން ދެމީހުން ވަކިކުރުމު ގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވެއެވެ. ބަޠޫލް އަށް ދިމާވާ ކޮންމެ ކަމަކުން އަހަރެން ބަޠޫލް ޙިމާޔަތް ކުރާނަމެވެ. އަހަރެން މިރޭ ނިދުމުގެ ކުރިން ބައްދަލުކޮށްލަން ބޭނުމެވެ. އަހަންނަށް ބަޠޫލްގެ ހުރިހާކަމެއްވެސް އެގެއެވެ. އަހަރެންގެ ޙަގީގަތް އެގުމުން ބަޠޫލް ގެ މައިން ބަފައިން ނުރުހޭނެކަންވެސް އެގެއެވެ. އަދި މިހާރު އެމީހުން ނިންމާފައިވާ ގޮތްވެސް އެނގެއެވެ. އަހަރެން ގެ ހިތަށް ބާރުފޯރުވޭނީ ވެސް ކިހިނެއްހެއްޔެވެ. ބަޠޫލް ދޫކޮށް ލުމަށް އެމީހުން އަހަންނަށް މަޖުބޫރުކުރާނެއެވެ. އިންސާނުންނަކީ އެންމެ ދެތިން ދުވަހުގެ މެހްމާނުން ކަން އެމީހުންނަށް ނޭގެނީ ކީއްވެގެން ހެއްޔެވެ. ކައިލް ގެ އަޑުގަވަނީ ވޭނާ ރިހުމެވެ. އެވޭނީ އަޑުއިވެމުން ދިޔަވަރަކަށް ބަޠޫލް ގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އަދި ގިސްލުމުގެ އަޑު އިތުރަށް ގަދަވިއެވެ. ކައިލް ބަޠޫލްގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ޖަޒްބާތުގެ އޮއިވަރުގަ ޖެހިފައި ތިބި ދެ ޒުވާނުންނަށް ހަމަމަގަށް އާދެވުނީ ޝިފާނާ ގެ ހަޅޭކުގެ އަޑަށެވެ. އެއަޑު އެހެން ކުދިންނަށް އިވިގެން އެތަނަށް އާދެވުމުގެ ކުރިން ކައިލް ހުށިޔާރު ކަމާއެކު ޝިފާނާގެ އަގަމަތީގައި އަތްއެޅިއެވެ.

ޝޫޝް...........ޝޫޝް....... ވާހަކަ ނުދެއްކުމަށް އެދުނެވެ. ޝިފާނާ އޭނަގެ އަގަމަތީގައި ހިފެހެއްޓިފައިވާ ކައިލްގެ އަތަށް ދެލޯ ބޮޑުކޮށްފަ ބަލާލިއެވެ. އެކަތައަށް ވުރެންވެސް ބާރުގަދަ އަތެކެވެ..، އެ އަދިރީގަވެސް ކައިލްގެ ބާރުގަދަކަން އިޙްސާސް ކުރެވުނެވެ.... އަދި މޭގަޑު ތުރުތުރު ލާން ފެށިއެވެ.. ކައިލް ޝިފާނާ ހަމަޖެހިލަންދެން މަޑުކޮށްލިއެވެ.

ބަޠޫލް ބުނެވެސް ނުލާ މިތާގަ........ މިހާރު ކެއުން ފެށިގެން ކުރިޔަށް އެބަދޭ...........ހިތްހަމަ ނުޖެހުމާއެކު ޝިފާނާ ޝަކުވާ ކޮށްލިއެވެ....... ހިނގާދޯ ދަމާ..ކައިލް ޖިންސުގެ ޖީބަށް އަތްޖަހާލުމަށް ފަހު އެދެމީހުންނަށް ބަލާވެސް ނުލާ ކުރިޔަށް ހިގައިގަތެވެ..... ބަޠޫލްގެ ހިމޭން ކަންފެނިފައި ޝިފާނާ ބަޠޫލް ގެ އަތުގައި ވިކައިގަތެވެ. މަންމަންވީ ހެއްޔެވެ....ބަޠޫލް ސިއްސައިގެން ގޮސް އަތްދިޔޯތް އޭ ބުނެލިގޮތުން ގޮތުން ޝިފާނާގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. ބަޠޫލްގެ އަޑަށް ކައިލް އެބުރިލިއެވެ. އަދި ބަޠޫލްއަށް އެއް ލޯމަރާލުމަށް ފަހު ހިނިތުންވެލިއެވެ. އެރޭގެ ކެއުމުގެ ވަގުތުގަވެސް ބަޠޫލް އެކަމަކާ މާބޮޑަށް ގަޔާވާ ގޮތެއްނުވިއެވެ. ހުރިހާކުދިން ފޯރިނަގަމުން ދިޔަނަމަވެސް އޭނަގެ ވިސްނުމުގައި ވަނީ މުޅިން ތަފާތު ވާހަކަ ތަކެކެވެ. ބުރަމަސައްކަތުން އިންދި ލޯބީގެ ނިރަށް ވަގުތުޖެހުމުގެ މާކުރިން ޚަރީފް މޫސުމްގެ ހިޔަނި އެޅިދާނެކަމުގެ ބިރުވެރިކަމެވެ.

އެރޭވެގެން ދިޔައީ ބަޠޫލްގެ މުޅިޙަޔާތުގައި ވެސް ނުދެކޭފަދަ ތާރީޚީ ރެ އަކަށެވެ. ޕާޓީ ނިންމާލުމަށް ފަހު ބަޠޫލް އާއި ޝިފާނާ އަދި ކައިލް ވަރަށް ދަންވަންދެން ވާހަކަދައްކަން ތިއްބެވެ. ޝިފާނާގެ ހިތުގަ ކައިލް އާ މެދު އުފެދުނު ވަސްވާސްތައް މުޅިން ފިލާ ހިތްސާފުވިއެވެ. ކައިލް އާ ވަކިވުމު ގެ ސަލާމް ކުރުމަށް ފަހު ނިދުމަށްޓަކައި ކޮޓަރިއަށް ވަނެވެ. ޝިފާނާ ދިޔުމުން ބަޠޫލް ފިނިވާގޮތްވެ ލަދު ވެތިކަމުގެ އިޙްސާސުން މޫނު ރަތްވެގެން ދިޔައެވެ. އެންމެ ފަހުން އިސް އުފުލާލާފައި ކައިލް ގެ މޫނަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމުން ބަޠޫލް އަށް އެވާގޮތާއި މެދު ބަޠޫލްވެސް އަޖާބުވެއެވެ. ކައިލް ގެ ލޮލުގައި އެވަނީ ކޮންފަދަ ސިހުރުވެރިކަމެއްހެއްޔެވެ. އެރީތި ދެލޮލަށް ބަލާލުމުން ހިތްވިރިގެންދެއެވެ. އެދެ ލޮލުގައި ޖާދުވީ ބާރެއްވަނީ ހެއްޔެވެ. ބަޠޫލް އިސްޖަހާލިއެވެ. އެވަގުތު އަދި މިރޭ ބައްދަލުކުރުމަށް ބޭނުންވާކަމަށް ބުނެފަ ކައިލް ހިގައިގަތެވެ. ކައިލް ދިޔުމުން އެދެއެކުވެރިން ވެސް ވަގުތުނަގާނުލާ ނިދީގެ އަރާމް ހޯދުމަށް އަވަސްވިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ބަޠޫލްއަށް ނިދިންހޭލެވުނު ގޮތަށް ވަށައިގެން ހޯދާލިއެވެ. ޝިފާނާ އޮތީ ޖެހިގެން ހުރި އެނދުގައި ގަދަޔަށް ނިދާފައެވެ. ކޮޓަރިތެރެއަށް ވެރިވެފަވާ ފަނޑު އަލީގެ ތެރެއިން ކުޑަދޮރުކައިރީ ބޭރުގައި މީހަކު ހުރިހެން ބަޠޫލަށް ހީވިއެވެ. ކައިލް ގެ ހިޔަނި ކަން ޔަގީނެވެ. ބަޠޫލް އެނދުން ފުންމާލި ގޮތަށް ދުވެފައި ބޭރަށް ނުކުތެވެ. އެވަގުތު ކައިލް ބަޠޫލްގެ ކުރިމައްޗަށް ހުއްޓުނެވެ. ހަނދުވަރު ގެ ރިހިއަލީގައި ކިތަންމެ ރަގަޅަކަށް ވެސް ކައިލްގެ ސާފު ދޮންމޫނުގައި ވަނީ ކީކޭކަން ބަޠޫލަށް އެގުނެވެ.

ޖެހިލި ފިނިފިނި ވައިރޯޅިއަކުން ހުދުފިނިފެންމަލުގެ މީރުވަހުސް ފެތުރިގެން ދިޔައެވެ. ދެލޯމަރާލުމަށް ފަހު ބަޠޫލް ހަށިފުރާ ނޭވާއެއްލިއެވެ. އެވަހުން ބަޠޫލް މަސްތު ކޮށްލައިފިއެވެ. ބަޠޫލް...... ލޯހުޅުވާފައި ފުރަތަމަ ބަލާލުމާއެކު ނަޒަރު ހުއްޓުނީ ކައިލް ދިއްކޮށް ލައިގެން ހުރި ހުދުފިނިފެންމާ ބޮޑިއަށެވެ. ބަޠޫލް އެމާބޮޑީގައި ހިފަމުން ތޭންކްސް އޭ ބުނެލިއެވެ. ކައިލް މި މާގެންނަނީ ކޮންތާކުން ..... އަހަރެން ވަރަށް ބޭނުން ގަސްތައް ބަލާލަން... ހާދަލޯތްބޭ މިމާތައް..... .ބަޠޫލް އެމާތަކުގައި ފިރުމަމުން ވާހަކަދައްކަމުން ދިޔައެވެ.

ނަމަވެސް ކައިލް ގެ ފަރާތުން ޖަވާބެއް ނުލިބުމުން ބަލާލިއެވެ. ކައިލް ގެ މޫނުމަތީގަވާ ނުތަނަވަސްކަން ފެނުމުން ކައިލްގެ ތަބީއަތް ރަގަޅުނޫން ކަން ފާހަގަ ކުރެވުނެވެ. ހަނދުވަރު ގެ ރިހިއަލީގަ ކިތަންމެ ރަގަޅަކަށް ވެސް ކައިލްގެ ސާފު ދޮންމޫނުގައި ވަނީ ކީކޭކަން ބަޠޫލް އަށް އެގުނެވެ. ކަޅުކުލައިގެ ޖީންސާ ޓީޝާޓްގަ ހުރިއިރު ވަރަށް ސްމާޓެވެ. ނަމަވެސް ހީވަނީ ހިތާމަވެރި ކަލުކުލައިގެ ސާލެއް އޮޅައިގެން ހުރިހެންނެވެ. ކައިލް ގެ އުޖާލާ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެޖާދުވީ ދެލޮލުގައި ކަރުނައިގެ އަސަރު ވިދަމުންދެއެވެ. އެދެލޮލުން ފެންނަމުންދާވޭނީ އަސަރު ތަކުން ބަޠޫލްގެ ހިތް ކަތިލެވިއްޖެއެވެ. އިސާހިތަކު ބަޠޫލްގެ ދެލޮލަށް ވެސް ކަރުނަ ގިނަވާން ފެށުމުން ރޮވެން ފެށުނެވެ.

ކައިލް ކިހިނެތްތަ؟ ރަގަޅު ގަދަކަމުން ކަހަލަ ގޮތަކަށް ތުންފަތަށް ހިނިތުންވުމެއް ވެރިކުރުމަށް ފަހު ކައިލް ބުނެލިއެވެ. ބަޠޫލް ހަމަދަނީތަ..... ވޭނީއަޑަކުން ކައިލް އަހާލިއެވެ. ކިހިނެތް އަހަރެންނަށް އަހަރެންގެ ފުރާނަޔާ ނުލާ ދިރިއުޅެވޭނީވެސް..........ބަޠޫލް ނުފެނި ފަޅި ސިކުންތެއްވެސް ހޭދައެއް ނުކުރެވޭނެ. ބަޠޫލްގެ ބޮލުގައި ފިރުމަމުން ކައިލް ވާހަކަ ދައްކަމުން ދިޔައެވެ. ކައިލް ހިގާ އަހަންނާ އެކީގަ ދާން. ގިސްލުމުގެ ތެރޭން ބަޠޫލްގެ އަޑުއައެވެ. ހިތުގަޖެހިފައި ރޮވޭ ވަރުން ވާހަކަދައްކަން ބަޠޫލް އަށް އުދަގޫވިއެވެ. އަސްލުވެސް ތަ؟ އަހަރެންގެންދަން ބޭނުންތަ. ވަރަށް އުފާވެއްޖެ. އެކަމަކު އަރެން ކިހިނެތް ތިމާޙައުލުގައި އުޅޭނީވެސް. .... އެންމެ ބޭނުން ވަނީ އަހަރެންގެ ދުނިޔެ ބަޠޫލް އަށް ދައްކާލަން. އަހަރެން އެންމެ ބިރުގަންނަނީ ބަޠޫލް ގެ މައިންބަފައިން އަހަރެން ދެމީހުން ވަކިކުރުވަފާނެތީ........... އޭގެ ކުރިން އަހަރެން ބޭނުން އަހަރެން ގެ ޙަގީގަތް ބަޠޫލް އަށް ކިޔާދޭން...........

ނުނިމޭ...

ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.