ވިޔަފާރި

އެސްޓިއޯއިން ހިޓާޗީ އައިސް އަލަމާރީގެ ޕްރޮމޯޝަނެއް ފަށައިފި


ހިޓާޗީ ބްރޭންޑްގެ އިންވާޓަރ އައިސް އަލަމާރިން ޖުމްލަ ތިރީސް އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.އެސްޓީއޯއިން ބުނީ ރޯދަމަހަށް ޚާއްސަކޮށް ފަށާފައިވާ މިޕްރޮމޯޝަން މިމަހުގެ 19އިން ޖޫން މަހުގެ 30ގެ ނިޔަލަށް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށާއި މިޕްރޮމޯޝަންގައި ބައްލަވައި ގަންނަ ކޮންމެ އައިސް އަލަމާރިއެއް ގެންގޮސްދިނުމުގެ ޚިދުމަތާއި 18 މަސްދުވަހުގެ ސަރވިސް ވޮރެންޓީއާއި 5 އަހަރު ދުވަހުގެ ކޮންޕްރެސަރ ވޮރެންޓީ ލިބޭނެ ކަމަށެވެ.މިޕްރޮމޯޝަންގައި 4 ފޫޓާއި 6 ފޫޓްގެ އައިސް އަލަމާރި 4299 ރުފިޔާ އާއި 11999 ރުފިޔާއާއި ދެމެދުގެ އަގުތަކުގައި ލިބެންހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.