ކުޅިވަރު

"ނޭމާ ޕީއެސްޖީގެ ޕްރެކްޓިހަށް ނިކުންނާނެ"


ޕީއެސްޖީގެ ޕްރެކްޓިހަށް ނޭމާ ސަންޓޯސް ނުކުންނާނެ ކަމަށް އޭނާގެ ބައްޕަ އަދި އެޖެންޓް ބުނެފި އެވެ.

ނޭމާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅާމެދު ޕީއެސްޖީން ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ޖެހޭފަދަ ކަމެއް ކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާ ބޭނުންވާ ގޮތް ޕީއެސްޖީގެ ވެރިންނާއި ކޯޗާއި މެނޭޖްމަންޓަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ނޭމާ މިވަގުތު ބޭނުންވަނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުވާށެވެ. ނަމަވެސް އެކަމަށް އޮތް ހުރަހަކީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އޮތުމާއި އެކުލަބުން އޭނާ ވިއްކާލަން ކިޔާ އަގު ބޮޑުވުމެވެ. ނަމަވެސް ޕީއެސްޖީގެ ވެރިން މިހާރު ތިބީ ނޭމާގެ އަމަލުތަކާމެދު ހިތްހަމަނުޖެހިފައެވެ.

އޭނާ އަލުން ގެންދަން ބޭނުންވާކަން ބާސެލޯނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެކުލަބަށް ރަސްމީކޮށް މިކަމާމެދު ވާހަކަ ދައްކަން އަދި ފުރުސަތެއް ނުލިބެ އެވެ. ސަބަބަކީ ޕީއެސްޖީން ކިޔާ އަގު ބޮޑވުމާއި މިހާރު ޓީމުގައި ތިބި ކުޅުންތެރިން ވިއްކާލުމުގައި ހުރަސްތަކެއް ހުރުމެވެ.