ކުޅިވަރު

ކުވެއިތު މެޗުން ޓީމްގެ ބަލިފައިތަށް އެނގިއްޖެ - ހުޒާމް


ކުވެއިތު މެޗުން ޤައުމީ ވޮލީ ޓީމްގެ ބަލިފައިތަށް ވަރަށް ރަނގަޅަށް އެގިއްޖެކަމަށް ޤައުމީ ވޮލީ ޓީމްގެ އަލީ ހުޒާން ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމް ސަރބިޔާގައި ތަމްރީން ހަދަމުން އަންއިރު، ސަރބިޔާގެ ކުލަބެއްކަމަށްވާ ޕާޓިޒަންއާއި ދެކޮޅަށް ދެ މެޗް ކުޅުނެވެ. މިދެ މެޗްގައިވެސް ގައުމީ ވޮލީ ޓީމްވަނީ ވަރަށް ރަނގަޅު ވާދައެއްކޮށްފައެވެ. ނަމަވެސް ކުވެއިތު މެޗްގައި ގައުމީ ޓީމްއަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ދިވެހި ޤައުމީ ވޮލީ ޓީމް އަލީ ހުޒާމް ބުނީ ރާއްޖޭގެ ޓީމާއި އަޅާބަލާއިރު، ކުވެއިތަކީ މުޅިން ތަފާތު ވަރުގަދަ ޓީމެއްކަމަށެވެ. ސީދާ ތިން ސެޓުން ބަލިވި މެޗަށްފަހު ހުޒާމް ބުނީ ކުވެއިތު މެޗުގައި ދިވެހި ޓީމުން ރަނގަޅުކުރަންވަނީ ކަންކަން އެނގުނުކަމަށެވެ.

"މެޗަކަށް ފަހު މެޗަށް ޓީމް ކުރިއަރާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ޓީމްގެ ރޫހާއި ހުރިހާ އެއްޗަކަށް ބަލާއިރު. މި ހުރިހާ މެޗެއްގައިވެސް ފާހަގަވެގެން ގޮސްފައިމިވަނީ ހަމަ އެއް މައްސަލަތަކެއް. އެއީ އަމިއްލަ މިސްޓޭކް މަދުކުރުން. އަދި ވެއްޓޭ ބޯޅަތަކަށް ކުރިއަށް ވުރެއް ބޮޑަށް ސަމާލުވުން. މިސާލަތަކަށް ބުލޮކްގައި ޖެހިފައި އަންނަ ބޯޅަތަށް، ރަނގަޅަށް ރިސީވް ދިނުން ފާހަގަކޮށްލެވޭ. ކުރިއަށް އަދި ހުރި މެޗްތަކުގައި އެކަންތައްތައް ރަނގަޅު ވާނެކަމަށް މިބަލަނީ، ފަރިތަކުރުންތަކާއެކު. އައިއޯއައިޖީއަށް ދާންވާއިރަށް ރަގަނޅުވާނެކަމަށް މިބަލަނީ. އަދި ކުވެއިތު ފަދަ ވަރުގަދަ ޓީމާކާއެކު އެކު މެޗްއެއް ކުޅެލުމަކީ އައިއޯއައިޖީއަށް ދާއިރު ޓީމަށް ލިބޭނެއިތުރު ހިއްވަރެއް." އަލީ ހުޒާމް ބުންޏެވެ.

ކުވެއިތު މެޗުގައި ރާއްޖޭގެ ޓީމްގައި އެޓޭކުގައި މާބޮޑު މައްސަލައެއް ނެތްނަމަވެސް، ޑިފެންސްއާއި ރިސީވްގައި ދިވެހި ޓީމްގައި ހުރި މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ހުޒާމް ބުންޏެވެ.

މެޗްގައި ކުވެއިތު ޓީމާއި ވާދަ ނުކުރެވުނަސް، މިމެޗްގެ ސަބަބުން ޓީމަށް ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެކަމަށައި، ކުވެއިތު ޓީމުން މެޗުގައި ކުޅުމަށް ގެނައި ބަދަލުތަކުން ވަރަށް ރަނގަޅު ފިލާވަޅުތަކެއްކަމަށް ލިބިއްޖެކަމަށް ހުޒާމް ބުންޏެވެ.