ޚަބަރު

ދައުލަތަށް ގިނަ ޚިދުމަތްކުރެއްވި އަލިކަތީބު އަވަހާރަވެއްޖެ


ދައުލަތަށް ގިނަދުވަހު
ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްކަމަށްވާ މ. ލަކީ ސްޓަރ އަލީ ސުލައިމާން ނުވަތަ
އޭނާގެ މަޝްހޫރުނަމުންނަމަ ވައިކަރަދޫ އަލިކަތީބު އަވަހާރަވެއްޖެއެވެ.



ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި
ޢިއްޒަތްތެރިޔާގެ ލަގަބު ދެހާސް އެރާގަވަނަ އަހަރު ލިބިވަޑައިގަންނަވާފައިވާ އަލީ
ސުލެއިމާން އަވަހާރަވީ އައިޖީއެމްއެޗްގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވަމުން
ގެންދަވަނިކޮށް މިއަދު ހެނދުނު ހަގަޑި ތިރީސް އެހާކަށް ހާއިރުއެވެ.



އިޖްތިމާޢީ ގިނަ ޚިދުމަތްތަކެއްވެސް
ކުރައްވާފައިވާ އަލީ ސުލައިމާން ޤައުމީ ޚިދުމަތް ފައްޓަވާފައިވަނީ 1945ގައި ހދ
ވައިކަރަދޫ މުދިމްކަމާ ހަމައިންނެވެ. އޭގެ ފަހުން ވައިކަރަދޫ ކަތީބުކަމާ، ހދ އަތޮޅުގެ
އަތޮޅުވެރިކަމާ، ހދ އަތޮޅު ފިހާރައިގެ މެނޭޖަރުކަމުގެ އިތުރުން ރައްޔިތުންގެ
މަޖްލީހުގެ ހދ އަތޮޅުގެ މެންބަރުކަންވެސް ތިން ދައުރު ފުރުއްވާފައިވެއެވެ. އަތޮޅު
ކޮމެޓީގެ ހަރަކާތްތައް ބެލެހެއްޓެވުމުގެ އިތުރުން އުފަންރަށް ހދ ވައިކަރަދޫގެ ތަޢުލީމަށްވެސް
ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަލީ ސުލައިމާން ގާތްގަޑަކަށް ދައުލަތަށް
33 އަހަރު ޚިދުމަތްކުރައްވާފައިވެއެވެ.



ވައިކަރަދޫ އަލިކަތީބަކީ ރާއްޖޭގެ
ސިޔާސީ އަދި ބަރުލަމާނީ ހަޔާތުގެ ވަރަށް ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ
ބޭފުޅެކެވެ.



ރައްޔިތުންގެ މަޖްލީހުގައި ފުރަތަމަ
ފަހަރަށް ފްލޯ ދޫކުރައްވާ ވޯކް އައުޓު ކުރެއްވި ފުރަތަމަ މެމްބަރުންގެ ތެރޭގައި
އަލިކަތީބު ހިމެނެއެވެ.



އަލިކަތީބަކީ
މާލޭގައި ވިޔަފާރީގެ ދައިންވެސް ގިނަ ހިދުމަތް ތަކެއް ކުރައްވަމުން ގެންދެވި
ވިޔަފާރި ވެރިއެއްވެސް މެވެ.