ކުޅިވަރު

އަށް މަސްދުވަހުގެ ފަރިތަކުރުންތަކަށް ފަހު، ޓީމުގެ ފަރާތުން ތަފާތު އެބަ ފެނޭ: އިބްރާހިމް ރަޝީދު (ސަތޯ)


އަށް މަސްދުވަހުގެ ފަރިތަކުރުންތަކަށް ފަހު، ޤައުމީ އަންހެން ވޮލީ ޓީމްގެ ތަފާތު މިހާރު ފެންނަމުންދާކަމަށް ޤައުމީ އަންހެން ވޮލީ ޓީމްގެ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ބުނެފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ޚާއްޞަކޮށްގެން ޕީ.އެސް.އެމްއިން ގެނެސްދޭ، މިފަހަރުވެސް ގޯލްޑް ޕްރޮގްރާމްގައި ވާހަކަދައްކަމުން އިބްރާހިމް ރަޝީދު ބުނީ، މި ފަހަރުގެ އައި.އޯ.އައި.ޖީއަށް ތައްޔާރުވުމަށް ދުރާލާ އަންހެން ޓީމްގެ ފަރިތަކުރުންތަށް ފަށައިފައިވާކަމަށާއި، މިހާރު ފަރިތަކުރުންތަކަށް އަށް މަސް ދުވަހަށް ވުރެއް ގިނަދުވަސް ވެފައިވާކަމަށެވެ. އަދި ކުރީގެ ޓީމާއި މިހާރު ޓީމްގެ ފެންވަރު އަޅާވެސް ނުކިޔޭނެކަމަށް ސަތޯ ބުންޏެވެ.

މިހާރުގެ ޓީމަކީ އައި.އޯ.އައި.ޖީގައި ވާދަކުރެވޭ ވަރުގެ ޓީމެއްކަމަށާއި، އަންހެން ޓީމް މޮރިޝަސްއަށް ދާނީ، އެންމެ މަދުވެގެން ލޯ މެޑަލްއަކަށް ޓާގެޓްކޮށްގެންކަމަށް ކޯޗް އިބްރާހީމް ރަޝީދު (ސަތޯ) ބުންޏެވެ.

ކޯޗު ބުނީ މި އަށް މަސް ދުވަހުގެ ފަރިތަކުރުންތަކަށްފަހު، ޓީމަށް އައި އެންމެ ބޮޑު ބަދަލަކަށް ފާހަގަކުރެވުނީ، ކުޅުންތެރން ޓީމެއްގެ ގޮތުގައި ކުޅުން ކަމަށާއި، ވޮލީއަކީ ޓީމް ގޭމަކަށްވާއިރު، މިހާރު ޤައުމީ އަންހެން ވޮލީ ޓީމަކީ، ޓީމް ވޯލް ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.