ކުޅިވަރު

ރާއްޖޭގައި ފަސް ސާރފިން ސްޕޮޓް ތަރައްޤީކުރަނީ


ރާޅާއެޅުން ކުރިއެރުވުމުގެ ގޮތުން އިތުރު ފަސް ސަރފިން ސްޕޮޓް ތަރައްޤީކުރަން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވްސް ސަރފިން އެސޯސިއޭޝަނާ ގުޅިގެން، ފަސް ރަށެއްގައި ސަރފިން ސްޕޮޓްތައް ތަރައްޤީކުރަން ނިންމާފައިވާ ކަމަށާއި، އެ ސްޕޮޓްތަކުގައި ރާޅާއެޅުންތެރިން ތިބޭނެ ހިޔާގަނޑުތަކާއި، ރާޅާ އަޅާ ބޯޑާއި ސާމާނު ބެހެއްޓޭނެ ރެކްތައް ހިމެނޭނެކަމަށެވެ.

ސަރފިން ސްޕޮޓްތައް ތަރައްޤީކުރުމަށް ނިންމާފައިވާ ފަސް ރަށަކީ ނ.ޅޮހި، މ.މުލި، ލ.މާބައިދޫ، ގދ.ވާދޫ، އަދި ފުވައްމުލައް ސިޓީއެވެ.

މިނިސްޓަރ ވިދާޅުވީ، ރާޅާއެޅޫމަކީ ރާއްޖެއަށް ބައިނަލްއަޤުވާމީ މުބާރާތްތަކުން ރަނގަޅު ވަނަތަކެއް ހޯދަމުން އަންނަ ކުޅިވަރެއް ކަމަށާއި، އެހެންކަމުން މި ކުޅިވަރު އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އަދި މި ފަސް ސްޕޮޓް ތަރައްގީ ކުރެވުމާއެކު، ބައިނަލްއަޤުވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީތައް ހޯދަން ފުރުސަތު ފަހިވެ، އިތުރު ރާޅާއެޅުންތެރިން އުފެދިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.