ކުޅިވަރު

ކުޅުންތެރިން ގަތުމުގައި އަވަސް އަރުވާލާކަށް ބޭނުމެއްނޫން: ގާޑިއޯލާ


އަންނަ ސީޒަނަށް މެންޗެސްޓާ ސިޓީ ވަރުގަދަ ކުރަން އަވަސް އަރުވާލައިގެން ކުޅުންތެރިން ގެންނަން ބޭނުންނުވާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޓްރާންސްފާ މާކެޓުގައި ސިޓީގެ ހަރަކާތްތެރިކަމާ މެދު ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"ސިޓީގައި އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް އެބަހުރި. މީގެ މާނަ އަކީ ޓީމު ވަރުގަދަ ކުރަން ނޫޅޭ ވާހަކައެއްނޫން. އަހަރުމެން ކުޅުންތެރިން ހޯދާނަން. އެކަމަކު އެއީ ރަނގަޅު ވަގުތުގައި،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ސީޒަނުގެ ތިން ތަށި ވެސް ހޯދި ކޯޗު ބުނީ އޭނާ ގުޅުނު ފަހުން ސިޓީން ކުޅުންތެރިން ހޯދަނީ ބޮޑު އަގުގައި ނޫން ކަމަށެވެ.

"އަހަރުމެން ކުޅުންތެރިން ހޯދަނީ ވަރަށް ބަލާފައި. ބޮޑު އަގު ދީފައި ގެނެސްފައި ހުރި ކުޅުންތެރިން ވަރަށް މަދު. ޓީމަށް އެންމެ ބޭނުންވާ ކުޅުންތރެރިން މިދަނީ ފާހަގަ ކުރަމުން،" ގާޑިއޯލާ ބުންޏެވެ.