ޚަބަރު

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތު ކުރެވޭ - ސީޕީ


މޭ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމާއި ހަމަނުޖެހުން ހިންގުމަށް ގޮވާލައިގެން ފުލުހުން ހައްޔަރުކޮށްފައިވާ ސިޔާސީ ބައެއް ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކުރެވޭކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެއްޖެއެވެ.ފުލުހުން ހައްޔަރުކުރި އިސްބޭފުޅުންގެތެރޭގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲއާއި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.ޕޮލިސް ކޮމިޝަނަރ ވިދާޅުވީ އެބޭފުޅުންގެ މައްސަލަ ވީ އެންމެ ހަލުވިކޮށް ގެންގޮސް އެމައްސަލަ ނިންމާނެކަމަށް އުއްމީދުކުރައްވާކަމުގައެވެ.