ޚަބަރު

އަޟުޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރަން އައްޑޫސިޓީ ތައްޔާރުވަނީ


އައްޑޫސިޓީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާތައް ގުޅިގެން، އަންނަ އަޟްހާ އީދު ކުލަގަދަ ގޮތެއްގައި އައްޑޫގައި ފާހަގަކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު އައްޑޫގެ ހުރިހާ ޖަމިއްޔާތަކާ ބައްދަލުކޮށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ ، 2014ވަނަ އަހަރަށްފަހު އައްޑޫގައި އީދު ދުވަސްތައް ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ފާހަގަ ކުރާ ކަމަށާއި ނަމަވެސް ކުލަގަދަކޮށް ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް އީދު ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން އައްޑޫގެ ހުރިހާ ރައްޔިތުން ގުޅިގެން ކައުންސިލުން އިސްވެ މިފަދަ ކުލަގަދަ އީދެއް އައްޑޫގައި ފާހަގަކުރުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިއަދު ގެ ބައްދަލުވުމުގައި ވަނީ އައްޑޫގެ ކޮންމެ އަވަށަކުން މެމްބަރަކު ހިމެނޭ ކޮމެޓީއެއް ހޮވައި އެކޮމެޓީއާއި އައްޑޫސިޓީ ކައުންސިލާއި އައްޑޫގެ ސްކޫލްތަކާއި ޑަބްލިޔުޑީސީ ގުޅިގެން އީދު ފާހަގަ ކުރުމުގެ ކަންތައްތައް ރާވައި އިންތިޒާމު ކުރާގޮތަށް ހަމަޖައްސައި ކޮމެޓީއަށް މެމްބަރުން ވެސް ހޮވާފައެވެ.

އައްޑޫގެ ތަފާތު އަވަށްތަކުން އަވަށު ފެންވަރުގައި މިހާރުވެސް އީދު ފާހަގަކުރަމުން އައިސްފައި ވީނަމަވެސް މީގެ ކުރިން ސިޓީ ފެންވަރުގައި އީދެއްފާހަގަ ކޮށްފައި ނުވެއެވެ.