ޚަބަރު

ކުޅުދުއްފުށީގައި ފުޅީގައި ފެން ބަންދުކޮށް ބާޒާރަށް ނެރެފި


ފުޅީގައި ފެން ބަންދުކުރުމަށް ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ފެންފުޅި ބަންދުކުރާ ޕްލާންޓުން ފެން އުފައްދައި މިއަދު ބާޒާރަށް ނެރެފިއެވެ. މިތަން ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުއެވެ.

މި ފެންފުޅި ބަންދުކުރާ ޕްލާންޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދުން ފެށިގެން ފެން ވިއްކަން ފަށާފައިވާނެ ކަމަށާއި މިހާރު 330މލ، 500މލ އާއި 1.5ލ ފެންފުޅި އެ ބަންދުކޮށް ވިއްކަމުން ދާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި 5 ލީޓަރުގެ ފެންވެސް ބަޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ފެންފުޅި ކޭހެއް ގޭބީސީތަކާއި އޮފީސްތަކަށް ވިއްކަމުން ދަނީ 58 ރުފިޔާއަށެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ގެސްޓު ހައުސްތަކަށް ކޭސް ވިއްކަނީ 55 ރުފިޔާއަށެވެ. މީގެ އިތުރުން 100 ކޭހާއި 499 ދެމެދުގެ އަގަކަށް ފެން ގަންނަ ނަމަ 53 ރުފިޔާއަށް ކޭހެއް ވިއްކާއިރު 500އަށް ވުރެ ގިނައިން ގަންނަނަމަ ވިއްކަނީ 51 ރުފިޔާއަށެވެ.

މީގެ އިތުރުން 5 ކޭހަށްވުރެ އިތުރަށް ގަންނަނަމަ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދޭކަމަށް އެފާރާތުން މަޢުލޫމާތު ދެއްވައެވެ.