މުނިފޫހިފިލުވުން

މިއަހަރު ނުކުތް ހިންދީ ފިލްމްތަކުން ބަލާލަންވީ ފިލްމުތައް


މި އަހަރު މިހާތަނަށް ނުކުތް ހިންދީ ފިލްމްތަކަށް ބަލާއިރު ގިނަ ފިލްމްތައް އަންނަނީ ބޮކްސް އޮފީހުގައި ހިފަހައްޓާލަމުންނެވެ. ހާއްސަކޮށް ފިލްމްތަކުގެ ވާހަކަތައް ރަގަޅުކަމަށް ބައެއް މީހުން ބުނެއެވެ.

އާދައިގެ މަތިންވެސް ކާމިޔާބު ތަރި ސަލްމާން ހާންގެ މި ފަހަރުގެ ފިލްމް "ބާރަތު"ވެސް ބޮކްސް އޮފީހުގައި ވަނީ ކާމިޔާބު ހޯދާފައެވެ. "ޔޫރީ" ބޮލޮކް ބަސްޓަރގެ ބޯޑު އެޅުވިއިރު މަޝްހޫރު ގިނަ ތަރިންތަކެއް ހިމަނައިގެން ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި " ކަލަންކް" ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހފައެވެ.

އަހަރުގެ ފުރަތަމަ ހަ މަސް ނިމިގެންދިޔައިރު މި އަހަރު ނުކުތް ހިންދީ ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބަލަން އެންމެ ކަމުދާ ލިސްޓްގައި ހިމެނޭ 5 ފިލްމެއް އެބައޮތެވެ.

ގަލީ ބޯއީ

ގިނަ ބަޔަކު ދޭކޭ ގޮތުން މި އަހަރު މިހާތަނަށް ނުކުތް ފިލްމުތަކުގެ ތެރެއިން ބަލާލަން އެންމެ ކަމުދާ އެއް ފިލްމަކީ މިއީއެވެ. ވަރުގަދަ މިއުޒިކާ މޮޅު ސިނަމޮޓަގްރަފީއަކީ މި ފިލްމު ބަލާން މަޖްބޫރު ކުރުވާ ސަބަބުތަކެވެ. އަދި ހާއްސަކޮށް ފިލްމުގެ ޑައިރެކްޝަނާއި ފިލްމްގެ ލީޑުން ފެންނަ ދެ ތަރިންގެ ކުޅަދާނެ އެކްޓިންނަކީ މި ފިލްމް ބާލާ ނުލާ ދޫކޮށް ނުލެވޭނެކަމެކެވެ. ޒޯޔާ އަހްތަރު ޑައިރެކްޓްކުރި ފިލްމްގެ ލީޑުރޯލުން ފެނިގެންދިޔައީ ރަންވީރު ސިންގް އަދި އަލީއާ ބަޓްއެވެ. ފިލްމްގައި ދައްކުވައިދޭނީ ރެޕް މިއުޒިކަށް ލޯބިކުރާ ޒުވާނަކު އެނާ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތެކެވެ.

އާޓިކަލް 15

މި އަހަރުގެ ފުރަތަމަ ކުއަޓަރގެ އެންމެ ފަހު ފިލްމުގެ ގޮތުގައ ރިލީޒްވި އާޓިކަލް 15 އަންނަނީ ބޮކްސް އޮފީހުގައި ކާމިޔާބުތައް ހޯދަމުންނެވެ. މި ފިލްމުގައި ދައްކުވައިދޭނީ އަދުގެ ދުނިޔޭގެ ހާލަތެވެ. ނަސްލީ ތަފާތުކުރުމާއި ވަކި ޖިންސަކަށް ވީތީ ކުރާ ތަފާތާ ވަކި ދީނަކަށް ވީމާ އޮންނަ ތަފާތުކުރުންތަކެވެ. ފުލުހެއްގެ ހަޔާތުގައި ދިމާވާ ކަންކަމުގެ މައްޗަށް އުފައްދާފައިވާ މި ފިލްމުން ފެނިގެންދަނީ ކާމިޔާބު އެތައް ފިލްމުތަކެއް ދޫކޮށްލަމުން އަންނަ އަޔުޝްމަން ކުރާނާއެވެ. އަނޫބަވް ސިިންގ ޑައިރެކްޓްކޮށްފައިވާ އާޓިކަލް 15 ފުރަތަމަ ދުވަހުވެސް ވަނީ 5.02 ކްރޯޑް ރުޕީސް ހޯދާފައެވެ.

ކަބީރު ސިންގ

2017 ވަނަ އަހަރު ނުކުތް ތެލުގޫ ފިލްމް "އަރުޖުން ރެޑީ" ގެ ރީމޭކް "ކަބީރު ސިންގ ވަނީ ބޮކްސް އޮފީސް ފަތަހަކޮށްފައެވެ. ގިނަ ބަޔަކު ބުނާ ގޮތުން މި ފިލްމަކީ ޝާހިދު ކަޕޫރު މިހާތަނަށް ކުޅުނު އެންމެ މޮޅު ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލުން ޝާހިދު ކަޕޫރާއި އެއްކޮށް ފެނިގެންދަނީ ކިއާރާ އަދުވާނީއެވެ.

އުޅާތާ ޕަންޖާބްގެ ކާމިޔާބީއަށްފަހު އަބީޝެކް ޗައުބޭގެ މި ފިލްމަކީވެސް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. ފިލްމްގެ ލީޑު ރޯލުން ފެނިގެންދަނީ ކުރިއަރަމުން އަންނަ ތަރި ސުޝާންތް ސިންގއެވެ. ހަނގުރާމެވެރި ގްރޫޕެއްގެ ވާހަކަތައް ގެނެސްދޭ މި ފިލްމުގެ މުހިއްމު ރޯލުތަކުގައި މަނޯޖް ބަޖްޕާއީއާއި ފަހަކަށް އައިސް ކާމިޔާބު ފިލްމްތަކުން ފެނިގެންދިޔަ ބޫމީވެސް ހިމެނެއެވެ.

އެކް ލަޅްކީ ކޮ ދޭކާތޮ އެއިސާ ލަގާ

ފިލްމްގެ ޓެރެއިލަރ ބެލުމަށްފަހު ގިނަ ބަޔަކަށް މި ފިލްމް އެހާ ކަމަކު ނުދިޔައެވެ. އެހެންނަމަވެސް ފިލްމު ސިނަމާތަކުގައި އެޅުވުމާއި އެކު ޝެލީ ޗޯޕްޅާގެ މި ފިލްމަށް ތަރުހީބު ލިބިގެން ދިޔައެވެ. އަނިލް ކަޕޫރުގެ މަޝްހޫރުވެގެން ދިޔަ ފިލްމް "1942 އަ ލަވް ސްޓޯރީ " ގައި ހިމެނޭ ލަވައެއްގެ ނަމުން ނަން ދިން ފިލްމްގައި އަނިލް ދައްކުވައިދިން ރޯލަށް ތައުރީފް އޮހުނެވެ. އަނިލްއާއި އެކު ދެން މި ފިލުމްގެ މުހިއްމު ރޯލްތަކުން ފެނިގެންދަނީ އޭނާގެ އުފަން ދަރި ސޯނަމް ކަޕޫރާއި ޖޫހީ ޗައުލާގެ އިތުރުން އިންޑިއާގެ ސިނަމާތަކުގައި މިހާރު އެންމެ ނަން ހިނގާ ރާޖުކުމާރު ރާއޯއެވެ.