ތަޢުލީމު

ދަރިވަރުންގެ ދިވެހި ރަދީފު ނެރެފި


ދަރިވަރުންގެ ދިވެހި ރަދީފުގެ ނަމުގައި ދިވެހި ބަހުގެ ރަދީފެއް ނެރެފިއެވެ.މިއަދު ހަވީރު ޤައުމީ ދާރުލް އާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ބަހުގެ އެކަޑެމީން ނެރުނު، މި ރަދީފް ނެރެދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރުން ފެށިގެން ގްރޭޑް ފަހަކުން މަތީގެ ފޮތްލިސްޓްތަކުގައި މި ފޮތް ހިމަނަން ނިނަމަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމެވީ ދިވެހި ރަދީފަކީ ޤައުމީ މަންހަޖުގެ މައިގަނޑު އަސާސްތަކަށް ފެންދޭނެ މުހިންމު ވަސީލަތަކަށްވެފަ އަދި ދިވެހިކިޔަވާކުދިންނަށް ނުހަނު ގިނަގުނަ ފައިދާތައް އެއިން ލިބިދޭނޭ ބާރުގަދަ ހަތިޔާރަކަށް އެފޮތް ވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، ބަސްފޮތަކީ ކޮންމެ ބައެއްގެ ވެސް މުހިންމު ތަރިކައެއްކަމަށާ، އަދި މި ފޮތަކީ ކޮންމެ ކިޔަވާކުއްޖެއްގެ އަތްމަތީގައި އޮންނަންޖެހޭ މުހިންމު ވަސީލަތެއްކަމަށެވެ. ދިވެހި ބަހުގެ އެކަޑަމީން ނެރުނު މި ރަދީފްގައި ދިހަހާސް ހަތްސަތޭކަ އެކާވީސް ލަފްޒުގެ މާނަ ހިމަނާފައިވެއެވެ.