ވިޔަފާރި

މިދިޔަ ހަފްތާގައި އިންޝުއަރެންސްގެ ގޮތުގައި 3 މިލިއަނެއްހާ ރުފިޔާ އެލައިޑުން ދޫކޮށްފި


މިދިޔަ ހަފްތާގައި އިންޝުއަރެންސްގެ ގޮތުގައި 3 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް އެލައިޑްއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުން އަންނަ އެލައިޑް އިންޝުއަރެންސް ކުންފުނިން ބުނީ މިހިނގާ ޖޫން މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތިން މިލިއަން ސާޅީސް އަށް ހާސް ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުނީގެ އެކި ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާކަމަށެވެ.

ގުދުރަތީ ކާރިސާތަކާއި، ޙާދިސާތަކުގައި އާއްމުންގެ ގޯތިގެދޮރާއި، މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުގެ އިތުރުން ހެލްތް އިންޝުއަރެންސް ފަދަ ތަފާތު ދާއިރާތަކުން އެލައިޑުން އަންނަނީ އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އެލައިޑުން އުފައްދާފައިވާ މި ޕްރޮޑަކްޓްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު މިދިޔަ އަހަރުގެ ނިޔަލަށް ވެސް ބަދަލުގެ ގޮތުގައި އެލައިޑުން 65 މިލިއަން ރުފިޔާ ދީފައިވެއެވެ. އޭގެ ކުރީގެ އަހަރު އިންޝުއަރެންސްގެ ގޮތުގައި ޖުމްލަ 158 މިލިއަން ރުފިޔާ ކުންފުނިން ދޫކުރިއެވެ.

އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ.