ކުޅިވަރު

ބްރެޒިލްގެ ކުޅުންތެރިންނާ ނޭމާ ބައްދަލުކޮށްފި


ބްރެޒިލްގެ ޤައުމީ ޓީމްގެ ކުޅުންތެރިންނާއި ނޭމާ ބައްދަލުކޮށްފި އެވެ.

އަނިޔާގެ ސަބަބުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭ ނޭމާ އެޓީމްގެ ކުޅުންތެރިންނާއި ބައްދަލުކުރީ ކުޅުންތެރިން ތިބި ހޮޓަލުގަ އެވެ. ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލްއާއި ދެވަނަ ބުރުގެ ފުރުސަތު ބްރެޒިލްއަށް އަދި ޔަގީނެއްނުވެއެވެ.

ނޭމާ ވަނީ ކުޅުންތެރިންނާއި ބައްދަލުކޮށް ހިތްވަރުދީފަ އެވެ. މީގެ އިތުރުން ނޭމާވަނީ ޓީމްގެ އޮފިޝަލުންނާއި ކޯޗު ޓިޓޭއާއިވެސް ބައްދަލުކޮށްފަ އެވެ.

ނޭމާގެ ފަޔަށް ލިބުނު އަނިޔާއަށް މިހާރު އޭނާ ފަރުވާ ހޯދަމުން އަންނައިރު، ކުރިއަށް އޮތް ސީޒަނުގައި އޭނާ ޕީއެސްޖީން ނުފެނުމުގެ ފުރުސަތު ބޮޑެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެކުލަބުގައި މަޑު ނުކުރާނެކަމުގެ އިޝާރާތެއް ދީފައިވާއިރު، އޭނާ ދިޔުން އެންމެ ގާތީ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށްކަމަށް ބެލެވެ އެވެ. އަދި ނޭމާ އެކުލަބަށް ގެނައުމަށް ކެޕްޓަން މެސީ މަސައްކަތްކުރަމުން އަންނަކަމަށްވެސް ސްޕެއިންގެ މީޑިޔާތަކުން އަންނަނީ ރިޕޯޓްކުރަމުން ނެވެ.