ކުޅިވަރު

ބެލޮންޑޯ ހޯދުމަށްވުރެ ބޮޑަށް ބޭނުމީ ޗެމްޕިއަންސް ލީގު - އެމްބާޕޭ


ބެލޮންޑޯ ހޯދުމަށްވުރެ ބޮޑަށް ބޭނުމީ ޗެމްޕިއަންސް ލީގު އުފުލާލަންކަމަށް ޕީއެސްޖީގެ ފޯވަޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ޒުވާން އުމުރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފޯވާޑަކީ ކުރިއަށްހުރި އަހަރުތަކުގައި ބެލޮންޑޯއަށް އެންމެ ވާދަކުރާނެ އެއް ކުޅުންތެރިޔާކަމަށް ބެލެވެ އެވެ. އެމްބާޕޭ ބުނީ ކެރިއަރުގައި ބޮޑެތި ހުވަފެންތަކެއް ކުރިއަށް އެބަހުރިކަމަށާއި، ބެލޮންޑޯއަށްވުރެ ބޮޑަށް ބޭނުމީ ޗެމްޕިއަންސް ލީގު ހޯދަންކަމަށެވެ.

އޭނާ ބުނީ ފުޓްބޯޅައަކީ އެކަނި ކުޅޭ ކުޅިވަރެއް ނޫންކަމަށާއި މިއީ ޓީމް ގޭމެއްކަމަށެވެ. ވަކި ވަކި އެވޯޑްތަކަށް ވިސްނައިން ކުޅެން ބޭނުންނަމަ ފުޓްބޯޅަ ދޫކޮށް ޓެނިސް ކަހަލަ ކުޅިވަރަކަށްދިޔުން ރަނގަޅުވާނެކަމަށާއި، އޭނާގެ ވިސްނުމަކީ ޓީމާއިއެކު ކާމިޔާބު ހޯދުންކަމަށް އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ ވަކި ވަކި އެވޯޑްތަކާއިމެދު ވިސްނާނީ ޕީއެސްޖީއާއިއެކު ޗެމްޕިއަންސް ލީގު ހޯދުމަށްފަހުކަމަށެވެ. އެމްޕާބޭ ވަނީ މިދިޔަ އަހަރު ފްރާންސާއިއެކު ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަންގައި ޕީއެސްޖީއާއިއެކު ފްރާންސް ލީގުވެސް އޭނާ ކާމިޔާބުކުރި އެވެ.