ތަޢުލީމު

ތާޖުއްދީން ސްކޫލުން ވެއްޓި އަނިޔާވި ކުއްޖާ ލަންކާއަށް ފޮނުވަނީ


ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ތާޖުއްދީން ސްކޫލްގައި އިއްޔެ ބޭއްވި
ހަރަކާތުގައި، ހިނގާދިޔާ ޙާދިސާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދަރިވަރު
އިތުރު ފަރުވާއަށް މާދަމާ އިންޑިޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.



މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،
ތާޖުއްދީން ސްކޫލްގައި އިއްޔެ ހިނގި ޙާދިސާގައި ސީރިއަސް އަނިޔާތަކެއް
ލިބިފައިވަނީ އެސްކޫލްގެ ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ކަމަށާއި
ޙާދިސާ ހިނގި ވަގުތު ދަރިވަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
އަދި އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރު
ލަފާދެއްވުމާއި ގުޅިގެން، މާދަމާ ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައި
އިންޑިޔާގެ ޗެންނާއީއަށް ދަރިވަރާއި އާއިލާ ފުރުމަށް ހަމަޖެހިފައިވާ ކަމަށް
ބަޔާނުގައިވެެއެވެ. އަނިޔާ ލިބުނު ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް
އާސަންދަ މެދުވެރިކޮށް ކުރުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެޑިއުކޭޝަން
މިނިސްޓަރ ޑރ. އާއިޝަތު ޝިޙާމް މިއަދު ވަނީ ދަރިވަރާ އޭނާގެ އާއިލާއާއި  ބައްދަލުކުރައްވާފައެވެ. އަދި  އެޑިޔުކޭޝަން
މިނިސްޓްރީން މިދަރިވަރުގެ ހާލު ވަރަށް ގާތުން ބައްލަވައި ކަންކަން އިންތިޒާމް
ކުރެއްވުމުގައި ފުރިހަމަ އެހީތެރިކަން ދަރިވަރުގެ އާއިލާއަށް ފޯރުކޮށްދެމުން
ގެންދަވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.