ކުޅިވަރު

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުން ކެޓުމުގެ ބިރާއި އާޖެންޓީނާ ކުރިމަތިލާން ޖެހިއްޖެ


ޕެރެގުއާއީ އަތުން މޮޅު ނުވެވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުން ކެޓުމުގެ ބިރާއި އާޖެންޓީނާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓިނާއާއި ޕެރެގުއާއީ ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން ދެ ޓީމް އެއްވަރުވެގެންނެވެ. މި ނަތީޖާއާއިއެކު އާޖެންޓީނާ އޮތީ ގްރޫޕްގެ އެންމެ ފުލުގައި ކުޅުނު ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިގެންނެވެ. މުބާރާތުގައި ކުރިއަށްދިޔުމަށް އެ ޓީމްގެ އަމިއްލަ ބާރު ގެއްލިފައިވާއިރު، އާޖެންޓީނާއަށް ކުއާޓަރ ފައިނަލުން ފުރުސަތެއް އޮތީ ފަހު މެޗުގައި ޤަތަރު އަތުން މޮޅުވެވިގެންނެވެ.

ޕެރަގުއާއީ އާޖެންޓީނާ ވާދަކުރި މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ޕެރަގުއާއީންނެވެ. މި ލަނޑު ޖަހައިދިނީ ޑަރލިސް ގޮންޒާލޭޒްއެވެ. ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން މެސީއެވެ. މެޗުން މޮޅުވާން ޕެރަގުއާއީއަށް ދެވަނަ ހާފުގައި ޕެނަލްޓީއެއްވެސް ލިބުނު އެހެންނަމަވެސް އާޖެންޓީނާގެ ކީޕަރު ފްރެންކޯ އަމާނީވަނީ ޕެނަލްޓީ މަތަކޮށްފައިއެވެ. މި ގްރޫޕުގެ އެއްވަނަގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އޮތީ ކޮލަމްބިޔާއެވެ. ދެވަނަގައި އޮތީ ކޮލަމްބިޔާ އަތުން އެކެއް ސުމަކުން ބަލިވި ޤަތަރުއެވެ.