ޚަބަރު

ފުއައްމުލަކުން ގެއްލުނު ޑޮކްޓަރ އަދިވެސް ނުފެނޭ


ފުވައްމުލަކު އަތޮޅު
ހޮސްޕިޓަލުގައި މަސައްކަތްކުރާ އެތެރެހަށީގެ ޑޮކްޓަރ ޚާލިދު ޔޫސުފު ހޯދުމުގެ
މަސައްކަތް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިއަދު ފަށާނެކަމަށް ފުވައްމުލަކު
އަތޮޅު ކައުންސިލުން ބުނެފިއެވެ.



އަތޮޅު ކައުންސިލުން
ބުނީ ޑޮކްޓަރު ހޯދުމަށް ފުލުހުންނާއި ސިފައިންނާއި ރަށުގެ ރައްޔިތުން ވެގެން ކުރަމުންދާ
މަސައްކަތް އަދިވެސް ހުއްޓާ ނުލާކަމަށާއި، ނަމަވެސް އަދިވެސް އެއްވެސް ނިޝާނެއް
ފެނިފައިނުވާކަމަށެވެ.



އިއްޔެ ހަވީރު
ފުވައްމުލަކު މާނޭރު ސަރަހައްދަށް މޫދަށް ފައިބާ އުޅެނިކޮށް ޑޮކްޓަރު ގެއްލިގެން
ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ހަގަޑި ފަނަރަ އެހާކަންހާއިރުއެވެ.



ޕާކިސްތާނުގެ
ޑރ.ހާލިދު ޔޫސުފު އެރަށުގައި މަސައްކަތް ކުރަމުންދާތާ އަދިވާނީ ހަތަރުމަސްދުވަހެވެ.