ކުޅިވަރު

ވެނެޒުއޭލާއިން ވަރުގަދަ ބްރެޒިލް ހިފަހައްޓައިފި


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެނެޒުއޭލާއިން ވަރުގަދަ ބްރެޒިލް ހިފަހައްޓައިފިއެވެ.
ގްރޫޕް ސްޓޭޖުގައި މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ނަމަވެސް މެޗުގައި ބްރެޒިލުން ދެ ލަނޑު ޖެހިއެވެ. ގެބްރިއަލް ޖެސުސް އާއި ފިލިޕޭ ކުޓީނިއޯ ޖެހި ލަނޑުތައް ރެފްރީ ގަބޫލު ނުކުރީ އޮފްސައިޑް ކަމަށް ބަލާފައިއެވެ.
ބްރެޒިލްގެ ކޯޗު ޓިޓޭ މެޗަށް ފަހު ބުނީ އޭނާގެ ޓީމުން ޖެހި ދަނޑު ރެފްރީ ގަބޫލު ނުކުރި ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އަދި ވީއޭއާރު ބަލައިގެން ރެފްރީން ނަގަމުންދާ ގޯސް ނިންމުންތަކުގެ ސަބަބުން މެޗުގެ ފޯރި ގެއްލެމުންދާ ކަމަށެވެ. ގްރޫޕް އޭގައި ރޭ ޕެރޫ ވަނީ ބޮލީވިއާގެ މައްޗަށް ކުރި ހޯދައިފައިއެވެ. އެއީ 3-1އިން. މިއާއެކު ބޮލީވިއާ ވެފައިވަނީ މިފަހަރުގެ މުބާރާތުން ކެޓި ފުރަތަމަ ގައުމަށެވެ. ކޮޕާ އެމެރިކާގައި މިރޭ ކުޅޭނީ އާޖެންޓީނާ އާއި ޕެރަގުއޭއެވެ. މި މެޗު ފަށާނީ ފަތިހު 5:30ގަ އެވެ. ދަންވަރު 2:30ގައި ކުޅޭނީ ކޮލަމްބިއާ އާއި ގަތަރުއެވެ.