ކުޅިވަރު

މެލޭޝިޔާގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި


މެލޭޝިއާ ކުއަޑްރަންގިއުލާ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވާ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. މެލޭޝިޔާގައި ކުރާ ތަމްރީންތަކުގައި ކުޅުނު އއެކުވެރިކަމުގެ ފުރަތަމަ މެޗު އެމްސީއޭ ޕްރެސިޑެންޓް ޓީމާއި ވާދަކޮށް ރާއްޖެއިން މެޗް ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން އެމްސީއޭ ޕްރެސިޑެންޓް ޓީމުން ނިންމީ ކުޅޭށެވެ. އެޓީމުން ކުޅެން އަރާ ވިހި އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހަދާފައިވެއެވެ. ޖަވާބުގައި ކުޅެން އަރައި ރާއްޖެއިން ވަނީ 18.2 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 109 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 37 ލަނޑުހެދި މުޙައްމަދު ރިޝްވާންއެވެ. މިމަހުގެ 23ވަނަ ދުވަހު މެލޭޝިއާގައި ފަށަން ހަމަޖެހިފައި އޮތް މުބަރާތުގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ވާދަކުރާނީ ޕަޕުއާ ނިއު ގީނިއާ އާއި ތައިލޭންޑްއެވެ.