ކުޅިވަރު

ސީނިއާ ވޮލީ ޓީމުގެ ފަރިތަކުރުމުގައި މިނިސްޓަރ މަޙްލޫފް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޤައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި، ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޙުލޫފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީބޯޅަ ޓީމުތައް ދުވާލަކު ދެއިރު ފަރިތަކުރަމުން އަންނައިރު، މިނިސްޓާރ މަޚްލޫފް ބައިވެރިވެ ވަޑައިގެންނެވީ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ ކުރިންވެސް ފަރިތަކުރުން ކުރިއަށްދާ ވަގުތު އިންޑޯ ކޯޓަށް ވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިވަގުތު އެސޯސިއޭޝަންވެސް ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލްވެފައި އޮތުމުން ފަރިތަކުރުމުގައި ބައިވެރިވެލައި ކުޅުންތެރިންނާއި ގާތުން މަސައްކަތް ކޮށްލަން ބޭނުންވީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުޅުންތެރިންނާއި އެކު ފަރިތަކުރުމުގައި ބައިވެރިވެލުމުން، ކުޅުންތެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ވަރަށް ކައިރިން ފެނިގެންހިނގައްޖެކަމަށާއި، އަދި އިންޑޯ ކޯޓު ލިބުމުގެ ދައްޗާއިއެކު ދެޓީމް އެއްފަހަރާ އިންޑޯ ބޭނުންކުރުމާއި އިންޑޯ ކޯޓުގެ ވެންޓިލޭޝަން މައްސަލަ ވަރަށް ބޮޑަށް ފާހަގަވިކަމަށްވެސް މިނިސްޓާރ ވިދާޅުވި.

ވޮލީބޯޅައިގެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަންވެސް މިނިސްޓަރ މަޙްހޫފް ވަނީ ފާހަގަކުރައްވާފައެވެ.