ސިޔާސީ

އަލީ ވަހީދާއި އިމްރާންގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި


އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފިއެވެ.މިއަދު ހައިކޯޓުގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖެހީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭތީ ކަމަށެވެ.ފުލުހުން އަލީ ވަހީދާއި އިމްރާން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.