ކުޅިވަރު

ބެޑްމިންޓަން ޤައުމީ ޓީމަށް ކޮރެޔާ ޓީމްގެ ކުރީގެ ކޯޗު ގެންނަނީ!


2012ވަނަ އަހަރު ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް އިރުޝާދު ދީފައިވާ ސުން ހަން ކުކް ރާއްޖޭގެ ޤައުމީ ބެޓްމިންޓަން ޓީމަށް ކޯޗްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.

ކުރީގެ ދެކުނު ކޮރެއާގެ ކޯޗް ސުން ހަން ކުކް 2012ވަނަ އަހަރު އެޓީމަށް އިރުޝާދު ދީފައިވަނީ ލަންޑަން އޮލިމްޕިކްސްގައެވެ.

ކޯޗު ހަން ކުކް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޤައުމީ ބެޑްމިންޓަން ޓީމް ތައްޔާރު ކުރުމުގެ ގޮތުންނެވެ. ރާއްޖޭގެ ޓީމާއި ހަން ކުކް ހަވާލްވާނީ މިހާރު ކުރިއަށްދާ މޮރިޝަސް ބެޑްމިންޓަން ސީރީސް ނިމުމާއެކުގައެވެ. މިހާރު ޤައުމީ ޓީމަށް ކޯޗްކޮށްދެމުން އަންނަނީ އިންޑީޔާގެ ނިޝާންތު ކައުތޭކަރާއި އަބްދުﷲއެވެ.

މިއީ ރާއްޖެއިން އައިއޯއައިޖީގައި މެޑައްޔެއް ހޯދުމަށް ކުރާ މަސައްކަތުގައި އިތުރުވެގެންދާނެ ބޮޅެއްކަމަށާއި، މިފެންވަރުގެ ކޯޗްއަކާއި އެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ވަރަށް މަދުން ނޫނީ ނުލިބޭނެކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ.

ދެކުނު ކޮރެއާގެ ޤައުމީ ބެޑްމިންޓަން ޓީމްގެ ކުރީގެ ކޯޗް ސުން ހަން ކުކްއާއެކު ރާއްޖޭގެ ޓީމް މަދުވެގެން މަހެއްހާ ދުވަހު ތަމްރީން ހަދާނެއެވެ. އަދި ކޯޗް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.

ސުން ހަން ކުކްވަނީ ދެކުނު ކޮރެޔާގެ ޤައުމީ ޓީމަށްވެސް ކުޅެދީފައެވެ. 1986ވަނަ އަހަރު ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލް ޗެންޕިއަންކަން ހޯދާފައިވާއިރު، ހަމަ އެއަހަރު އޭޝިއަން ގޭމްސްގެ ފިރިހެން ސިންގަލްސްއިން ސުން ހަން ކުކްވަނީ ތިންވަނަ ހޯދާފައެވެ. އަދި ޓީމް އިވެންޓްއިންވަނީ ދެކުނު ކޮރެޔާގެ ޓީމްވަނީ ރަން މެޑަލް ހޯދާފައެވެ.

20 ކުޅިވަރު އެސޯސިއޭޝަންއާއި މެދު އެއްވެސް ތަފާތު ކުރުމެއްނެތި، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރައްވަމުން ގެންދަވާ މަސައްކަތަށް ބެޑްމިންޓަން އެސޯސިއޭޝަންއިންވަނީ ޝުކުރުއަދާ ކުރައްވާފަ.