ޚަބަރު

ކެލާގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި


ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ.ކެލާގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު ކުރިއަށްގެންދިޔަ މިހަރަކާތުގައި ރަށުތެރެ ވީހާވެސް ބޮޑަށްފެހިކޮށް ހިޔާލިބޭނެފަދަ 50 ގަހާއި 100 ރުއް އެކި ސަރަޙައްދުތަކުގައި އިންދާފައިވާނެކަމަށް ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ވިދާޅުވިއެވެ.

ކެލާ ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިޙަރަކާތުގައި އެކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ރަށުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނާއި ކްލަބު ޖަމިއްޔާތަކާއި އަންހެނުންގެ ކޮމެޓީގެ މެމްބަރުންނާއި އަމިއްލަ ފަރުދުންވެސް ބައިވެރިވެފައިވާކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން މިދުވަހާގުޅުވައިގެން ކެލާ ލިލީ ޕްރީސުކޫލުގެ ދަރިވަރުންވެސް ވަނީ އެސުކޫލުގެ ގޯތިތެރޭގައި ބަގީޗާ ގަސް އިންދާފައެވެ.