ކުޅިވަރު

އޮބްލަކް ހޯދުމަށް ޔުނައިޓެޑާއި ޕީއެސްޖީން މަސައްކަތް ފަށައިފި


އެތްލެޓިކޯ މެޑްރިޑުގެ ކީޕަރު ޔޭން އޮބްލަކް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީން މަސައްކަތް ފަށައިފިއެވެ.

އެތްލެޓިކޯއާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް އެގްރީމަންޓް ހަދާފައިވާ ކީޕަރު މިހާރު ވަނީ ކުލަބު ބަދަލު ކުރަން ބޭނުންވާކަން އަންގާފައެވެ.

ސްޕޭނާއި އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި އޮބްލަކް ދާން އެންމެ ބޭނުންވަނީ ޔުނައިޓެޑަށް. އޭނާ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފެށީ ތަޖުރިބާކާރު ކީޕަރު ޖިއާންލުއިޖީ ބުފޮން ކުލަބު ދޫކޮށްލުމާ ވެސްއެކުގައެވެ.

ޔުނައިޓެޑުގައި ސްޕޭނުގެ ގައުމީ ކީޕަރު ޑޭވިޑް ޑެހެއާ އެބަހުއްޓެވެ. ނަމަވެސް އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމަން ޔުނައިޓެޑުން މިހާރުވަނީ އަންގާފައެވެ.

އެއީ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ކައިރިވުމާއެކު ކޮންޓްރެކްޓް އާކުރަން ކުރަމުންދިޔަ މަސައްކަތުގައި ކުޅުންތެރިއާ އަށާއި ކްލަބަށް އެއްގަލަކަށް ނޭރުމުންނެވެ.