ޚަބަރު

ހިތަދޫ ބޮޑުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ހިތަދޫ ބޮޑުމަގު، ހެޕީ ޒޯން ފިހާރަ ކައިރީގައި ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.މިއަދު ހަވީރު 15:40 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި 2 ދިވެހިންނަށާއި ޕިކަޕް ދުއްވަން އިން ބިދޭސީއަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެވެމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ހެޕީ ޒޯން ފިހާރަކައިރީ ޕާކް ކޮށްފައި އޮތް ޕިކަޕެއް މަގަށް ނުކުތް ވަގުތު މަގުން ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި އެކްސިޑެންޓްގައި ދެ ވެހިކަލަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓެޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.