ޚަބަރު

މޯދީގެ ދަތުރުފުޅާ ގުޅިގެން ބަންދުކުރާ ސަރަޙައްދުތަކަށް އެއްވެސް ގޮތަކަށް ނުވަދެވޭނެ


އިންޑީއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާއި ގުޅިގެން، މިއަދު މެންދުރު ދެއަކުން ފެށިގެން މަޖިލީސް ސަރަޙައްދާއި، ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދެއް ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ޗާންދަނީ މަގު، މަޖީދިއްޔާ ސްކޫލުން ސަރަޙައްދުން ފެށިގެން މާރުކޭޓު ސަރަޙައްދާއި ހަމައަށް ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މަޖިލީހުންގެ ވަށައިގެން ހިމެނޭ ސަރަޙައްދުތައްވެސް މިވަގުތުތަކުގައި ބަންދުވާނެއެވެ. ފުލުުހުން ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި، ބަންދުކުރާ ވަގުތުގައި ދުއްވާ އުޅަނދުތަކަށާއި ހިންގާފައި އުޅޭ ފަރާތްތަކަށްވެސް އެސަރަޙައްދަށް ވަނުން މަނާވާނެކަމަށެވެ.

ނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށްދާ ފަރާތަތްތަކަށް ނަމާދު ވަގުތުތަކުގައި ޗާންދަނީ މަގު ފަޅިން، އިސްލާމީ މަރުކަޒަށް ވަދެވޭވެނެ އިންތިޒާމް ހަަމަޖައްސާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އިސްލާމީ މަރުކަޒާއި އިސްލާމީ މަރުކަޒުގެ ބޭރުގައިވެސް އަޅުކަމުގެ ބޭރުން މަޑުކޮށްގެން ތިބުމަކީ މަނާކަމެއްކަމަށެވެ. އަދި ފުލުހުން ބުނެފައިވަނީ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާއި ގުޅިގެން ބާއްވާ ޙަފްލާތައް ނިމެންދެން އެ ސަރަޙައްދުތައް ބަންދުވާނެކަމަށެވެ.

މޯދީގެ ދަތުރުފުޅާއި ގުޅިގެން މިއަދު ބުރިޖް ބަންދެއް ނުކުރާނެއެވެ.

މޯދީގެ ދަތުރުފުޅާ ގުޅިގެން ބަންދުކުރާ ސަރަހައްދުތަކުގައި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ވެހިކަލް ޕާކުކުރުންވެސް ފުލުހުން ވަނީ މަނާކޮށްފައެވެ.