ސިޔާސީ

ހުރަސްއަޅާ މެންބަރުންގެ ކޮމިޓީ އެލަވަންސް އުނި ކުރަން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ހުއްދަ ނެތި މަޖިލީހުގެ ރިޔާސަތަށާއި، އިދާރީ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސުން ބައެއް އުނި ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ހުށައަޅާފައިވާ އިސްލާހު ފާސްކޮށްފިއެވެ.އެއިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ރިޔާސަތަށާއި، އިދާރީ މޭޒަށް ހުރަސް އަޅާ މެމްބަރުންގެ ކޮމިޓީ ހާޒިރީން %55 އުނިކޮށް މަޖިލީހުގެ ދަތުރުގެ ގޮތުގައި ބޭރަށް ކުރާ ދަތުރުތަށް 6 މަސް ދުވަސް ވަންދެން ނުދެވޭނެކަމަށެވެ.ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް 20000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެއަދަދު ލިބިވަޑައިގަންނަވާނީ، ކޮމިޓީތަކުގެ ހާޒިރީ %75 އަށް ވުރެ މަތިވެއްޖެނަމައެވެ.