ސިޔާސީ

ދިއްގަރުދާއިރާ ކާމިޔާބުވުމަކީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑުބާރެއް


ދިއްގަރުދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެނަމަ އެވާނީ ސަރުކާރަށް ލިބިގެންދާ ވަރަށްބޮޑު ބާރަކަށްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ދިއްގަރުދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމުން ނެރޭ ކެންޑިޑޭޓް ފާރިޝް މައުމޫނާއި ޕާޓީގެ ޓިކެޓް ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެނަމަ އެވެގެންދާނީ އެދާއިރާއަށްވެސް ލިބިގެންދާ ކުރިއެރުމެއްކަމުގައެވެ. އެގޮނޑި ކާމިޔާބުކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެމަނިކުފާނުގެ އޮތްކަމަށްވެސް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވީ،  ޕީޕީއެމްއަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކުރިއަށްދާ ޕާޓީއެއްކަން  ޕްރައިމަރީ ބާއްވައި ކެންޑިޑޭޓަކު އޮވުމުން އެނގިގެންދާކަމަށެވެ. އަދި އެޕާޓީގެ ކެންޑިޑޭޓަށް ދިއްގަރު ދާއިރާ ކާމިޔާބުކުރުމަށްޓަކައި މުޅި ޕާޓީ ގުޅިގެން މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.ދިއްގަރު ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވި ފާރިޝް މައުމޫން ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާއިރު މި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެކަމާމެދު ޝައްކެއް ނެތްކަމަށެވެ.