ވިޔަފާރި

ގަމުން ކޮޗިނަށް ދަތުރުކުރާ ފަރާތްތަކަށް ސްރީލަންކަން އެއާލައިނުން ޙާއްސަ ޕްރޮމޯޝަނެއް


ސްރީލަންކަން އެއާލައިންސްއިން ދަތުރުކުރައްވާ ފަރާތްތަކަށް އައްޑޫ ސިޓީ ގަމުން އިންޑިޔާގެ ކޮޗިނަށް 154 ޑޮލަރަށް ދަތުރުކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަމުން އިންޑިޔާގެ ކޮޗިނަށް ދަތުރުތައް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 31 ދުވަހުގެ ނިޔަލަށް ކަމަށް ސްރީލަންކަން އެއާލައިނުން ބުނެއެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން ގަމުން އިންޑިޔާގެ ކޮޗިނަށް ދަތުރުކުރައްވަން ބޭނުންވާ ފަރާތްތަކަށް ޓިކެޓު ބުކް ކުރުން ޖޫން އެއްވަނަ ދުވަހާއި ހަމައަށް ފުރުސަތު އޮންނާނެކަމަށް އެއަރލައިނުން ބުނެއެވެ.

ސްރީލަންކަން އެއާލައިނުން ވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ވަރަށް ގިނަ މަންޒިލްތަކަށް ދަތުރުކުރެވޭ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން ގަމުން މުމްބާއިއަށާއި، މެލޭޝިއާގެ ކުއާލާ ލަމްޕޫރު، ބޭންގްކޮކް، ދިއްލީ، ބެންގަލޫރު އަދި ޗެންނާއިއަށް ދަތުރުކުރުމަށް ޙާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންވާ ފަރާތްތަކަށް ޓިކެޓު ބުކް ކުރުން މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށްވެސް ސްރީލަންކަން އެއަރލައިނުން ބުނެއެވެ.