ކާނާ

ރެސިޕީ : ކަށިކެޔޮ ކަވާބު


ކަށިކޭލަކީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު އެއްޗެކެވެ. ކަށިކޭލު ކަނދި ކަށިކޭލު ބަތްޕެން މި ނޫންވެސް ކަށިކޭލުގެ އުފެއްދުންތަކީ އެެތައް ޒަމާނެއްސުރެ ކުރިން ދިވެހިންގެ މެދުގައި އާއްމު ކެއުންތަކެވެ. މިހާރަކަށް އައިސް އަނެއްކާވެސް ކަށިކޭލުގެ އުފެއްދުންތައް އާއްމުވެ މިހާރުގެ ގިނަ ޒުވާންނަށް މަގުބޫލު އެއްޗަކަށްވެސް ކަށިކެޔޮ މިވަނީ ވާން ފަށާފައެވެ. މި ފަހަރުގެ ރެސިޕިޢަކީ ކަށިކެޔޮ ބޯކިބަލެވެ. މިވެސް މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

- 250 ގ ކަށިކިޔޮ ފުށް
- 50 ގ ފާރޮށި ކުނޑި
- ފެން
- ބުލޫބެރީ
- ހަކުރު
- 50 ގ ގަބުޅި ހުނި
- 10ގ ފުށް
- ކާފޫރުތޮޅި
- ތެޔޮ
- 10 އެމް އެލް ދިޔާހަކުރު
- ދިޔާ ހަކުރު
- ފޮނިތޮށި
- ލޮނު


ހައްދަވާނެގޮތް

ކަށިކެޔޮވަށް ފޭއްސާލުމަށްފަހު ފެންފޮދެއްގައި ކައްކާ ހިންދާލާށެވެ. އެޔަށްފަހު މިކްސަރަކުން ރަނގަޅަށް އެއްކޮށްލެއްވުމަށްފަހު ފުރޭންޏަކުން ފުރާނާލައިގެން ފުށްކޮޅު ނަގާށެވެ. އެއްވެސް ފީކުލައެއް ލަކެއް ނެތް ކަށިކެޔޮ ހޯދުމަކީ މުހިންމު ކަމެކެވެ. އެހެންނޫންނަމަ ރަހަތަފާތުވާނެއެވެ.

ކަވާބު ހެއްދެވުމަށް އުނދުންމައްޗަށް ތެއްޔެއް އުއްދަވާފަ ކަށިކެޔޮ ފުށްކޮޅު އަޅުއްވާ ލައްވާށެވެ. ދެން ގަބުޅި ހުނިކޮޅު އަޅުއްވާށެވެ. ދެން ހަކުރުފޮދު އަޅުއްވާ ލައްވާށެވެ. ދެން ތެލިން ނައްޓާލަންދެން ކައްކާލައްވާށެވެ. ކައްކަވާއިރު ހައްލަވަންވާނެއެވެ.

ގުޅަ ވަށާލެވޭވަރުވަންދެން ކައްކަވާށެވެ. ކައްކަވާއިރު މަޑުގިނީގައި ބަހައްޓައިގެން ކެއްކެވުމަށް ސަމާލުކަން ދެއްވާށެވެ. ރަނގަޅަށް ކެކުމުން ބާލައްވާފަ ކަވާބު ގުޅަޖައްސަވާށެވެ. ގުޅަޖައްސަވާއިރު އެކުނުވާނަމަ ގިރުއްވާފައިވާ ގޮދަން ފުށްކޮޅުން ކުޑައެތިކޮޅެއް ލެއްވިދާނެއެވެ. އެއަށްފަހު ފާރޮށި ކުނޑި ލައްވާށެވެ.

ކަވާބު ތައްޔާރުކޮށް ނިމުމުން ތެލުލުމަށްޓަކައި ތެޔޮގަނޑު އުއްދަވާށެވެ. ތެޔޮގަނޑު ރަނގަޅަށް ހޫނުވުމުން ކަވާބުކޮޅު އަޅުއްވާށެވެ. ތެޔޮގަނޑު ރަނގަޅަށް ހޫނު ނުވަނީސް ކަވާބު އަޅުއްވައިފިނަމަ ތެޔޮވަދެ ކަށިކޭލުގެ ރަހަ ކަނޑުވާލާނެއެވެ. ތެލުލެވުމުން ބޭރު ތަންކޮޅެއް ހަރުވާނެއެވެ. އެވަރު ވުމުން ކަވާބުތައް ތެޔޮގަނޑު ނަގާށެވެ.

ސޯސްގަނޑު ތައްޔާރުކުރައްވާނެ ގޮތް

ފުރަތަމަ ކާފޫރުތޮޅީގެ ދެކޮޅު ކަނޑުއްވާ ލައްވާށެވެ. އުނދުންމައްޗަށް ކުޑަ ފެންފޮދެއް އުއްދަވާށެވެ. ހަކުރުކޮޅު އަޅުއްވާށެވެ. ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅު އަޅުއްވާށެވެ. ކެކިގަތުމުން ބުލޫބެރީކޮޅު އަޅުއްވާށެވެ. ކެކެން ފެށުމުން ހައްލަވާލައްވާށެވެ. އޭރުން ބުލޫބެރީކޮޅު ފަޅިވާނެއެވެ. ރަނގަޅަށް އޮލަވެލުމުން ބާލުއްވާށެވެ.

މިހާރު ކަށިކެޔޮ ކަވާބާއި ސޯސްކޮޅު ތައްޔާރުކޮށް ނިމުނީއެވެ. ސޯސްގައި ޖައްސަވައިގެން ފަރިއްކުޅުއްވާށެވެ.