ކުޅިވަރު

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ފަހު ޖާގަ ފްރެންޑްސް ކްލަބުން ހޯދައިފި


ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕް ސެމީގެ ފަހު ޖާގަ ފްރެންޑްސް ކުލަބުން ހޯދައިފިއެވެ.

ކުއާޓަރ ފައިނަލް ފަހު މެޗު ކާމިޔާބުކޮށް ފްރެންޑްސް ކްލަބު ސެމީ ފައިނަލުން ޖާގަ ހޯދީ އެފްސީ ސްކޫޕް ކަންމައްޗާއި ވާދަކޮށް ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފްރެންޑްސް ކްލަބުގެ އަޔާޒު އަހްމަދެވެ. އޭނާ ވަނީ މި މެޗުގައި ފްރެންޑްސް ކްލަބަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފްރެންޑްސް ކްލަބުން ކާމިޔާބުކުރި އަނެއް ހަތަރު ލަނޑު ކާމިޔާބު ކޮށްދިނީ ޙުސައިން ޣައްސާން ލަބީބާއި، މުޙައްމަދު ރިފްޢަތާއި، މުޙައްމަދު ޢިމްރާނެވެ.

ފްރެންޑްސް ކްލަބުން ޖެހި ހަވަނަ ލަނޑަކީސްކޫޕް ކަންމަތީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ސްކޫޕްކަންމަތީގެ ގޯލުތައް ޖަހައިފައިވަނީ ހޫދު ލަތީފާއި، ޙުސައިން ފައިސަލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްރެންޑްސް ކްލަބުގެ އަޔާޒް އަޙްމަދެވެ.

މިމުބާރާތުގެ ސެމީ ފައިނަލް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއި، އެފްސީ ބޭރުމައްޗެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ފްރެންޑްސް ކުލަބާއި ޔަންގްވަންސްއެވެ.