މާކަރީ ޔުނައިޓެޑް ބަލިކޮށް ހެޕީމާކެޓް ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން ޔަންގްވަންސް ޖާގަ ހޯދައިފިއެވެ.
ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗު މާކަރީ ޔުނައިޓެޑާއި ވާދަކޮށް ޔަންގްވަންސްއިން ކާމިޔާބުކުރީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމަށް އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޔަންގްވަންސްގެ ހުޞައިފަތު ރަޝީދު ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިޞްމާއީލް މުނީޒެވެ.
ސެމީ ފައިނަލުގައި ޔަންގްވަންސް ވާދަކުރާނީ ފްރެންޑްސް ކްލަބާއެވެ.