ކުޅިވަރު

އެކުވެނީގައި އިތުރު 2 ބެޑްމިންޓަން ކޯޓް ހަދަނީ


މާލޭ ކުޅިވަރު އެކުވެނީގައި އިތުރު ބެޑްމިންޓަން ދެ ކޯޓް ހެދުމަށް ނިންމައިފިއެވެ. ކުޅިވަރު އެކުވެނީގައި އިތުރު ދެ ކޯޓް ހެދުމަށް މިހާރު ޔޫތް މިނިސްޓްރީންވަނީ ޢިޢުލާންވެސްކޮށްފައެވެ.
މިއަހަރުވަނީ ބައިނަލަގްވާމީ 3 މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ތާވަލްކޮށްފައެވެ. ސެޕްޓެމްބަރ މަހުގެ 17 އިން 22އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޓަރނެޝަނަލް ފިއުޗަރ ސީރީސްއެވެ. އަދި ހަމަ ސެޕްޓެމްބަރ މަހުގެ 24 އިން 29 އަށް މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖްވެސް ބޭއްވުމަށްވަނީ ތާވަލްކޮށްފައެވެ. އަދި އޮކްޓޯބަރު މަހުގެ 1 ކުން 7 ކަށް ސައުތް އޭޝިއަން 23 އަހަރުން ދަށުގެ ރީޖަނަލް ބެޑްމިންޓަން މުބާރާތެވެ.

ޔޫޓް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިއަހަރު ބައިނަލަގްވާމީ މުބާރާތްތައް އޮތުމުން ބެޑްމިންޓަން ކޯޓް އިތުރަށް ތަރައްގީ ކުރަންޖެހޭކަމަށެވެ. އަދި މިހާރު އެކަން ކުރުމަށް ގެޒެޓް ކުރެވި ބެޑްމިންޓަން އެސޯސިއޭޝަންއާއިއެކުވެސް މަޝްވަރާތަށް ކުރަމުންދާކަމަށެވެ.
އެކުވެނީގައި އިތުރު ދެ ކޯޓް އަޅަށް ނިންމާފައިވާއިރު، މިމަސައްކަތް ނިމޭއިރު އެކުވެނީގައި މުޅި ޖުމްލަ އަށް ކޯޓް ހުންނާނެއެވެ. ބެޑްމިންޓަން އެސޯސިއޭޝަންއިން ބުނީ މިހާރު މެޓްއަޅާފައި ހުރީ 3 ކޯޓްގައިކަމަށާއި އަނެއް 3 ކޯޓަކީ ޕްރެކްޓިސް ތިން ކޯޓްކަމަށެވެ. ނަމަވެސް މިހާރު އިޢުލާންކޮށްފައިވާ މަސައްކަތް ނިމުމުން 8 ކޯޓު ފަރިތަކުން އޮންނާނެކަމަށެވެ.