ކުޅިވަރު

ޔުވެންޓަސް ދޫކޮށްލުމުގެ ވިސްނުމެއް ނެތް - ދިބާލާ


ޔުވެންޓަސް ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށް ފޯވަޑް ޕައުލޯ ދިބާލާ ބުނެފިއެވެ.

އިޓަލީގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްއިން އަންނަނީ ދިބާލާ ވިއްކާލުމަށް ތައްޔާރުވަމުންނެވެ. އަދި ދިބާލާގެ ބޭބޭ ގުސްޓާވޯވެސްވަނީ ދިބާލާއަށް ގިނަ މެޗުތަކުން ފުރުސަތު ނުލިބޭތީ އޭނާ ކުލަބު ބަދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ.

މިހުރިހާ ވާހަކަތަކަށް ރައްދުދެމުން ދިބާލާ ބުނީ ޔުވެންޓަސްގައި ހުރީ އުފަލުންކަމަށާއި، މި ޓީމާއި ވަކިވާން ބޭނުންނުވާކަމަށެވެ.

ދިބާލާ ހޯދުމަށް މަސައްކަތްކުރަމުންދަނީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑާއި، ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑެވެ.

ދިބާލާ ބުނީ ޔުވެންޓަސް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެ ޖެހޭ ސަބަބެއް ނެތްކަމަށާއި، ކޮންޓްރެކްޓް ނިމެންދެން ކުލަބުގައި ހުންނާނެކަމަށެވެ. ދިބާލާ ވިއްކާލުމުގެ ވާހަކަތައް ފެށިފައިވަނީ ކޯޗު މަސިމިލިއާނޯ އެލެގްރީ މަގާމުން ވަކިކުރި ހިސާބުންނެވެ.

ދިބާލާ ބުނީ ޔުވެންޓަސްއަށް އޭނާ ކުޅުނު ހުރިހާ އަހަރަކުވެސް އިރުޝާދުދިން ކޯޗަކީ އެލެގްރީކަމަށްވުމުން އޭނާ ވަކިކުރުމަކީ ވަރަށް ދެރަވިކަމެއްކަމަށެވެ. އެހެންނަމަވެސް ޔުވެންޓަސްގެ އާ ކޯޗާއިއެކު މަސައްކަތްކުރަން ކެތްމަދުވެފައިހުރިކަމަށްވެސް 25 އަހަރުގެ ފޯވާޑް ބުންޏެވެ.

ދިބާލާ މިހާރު ތައްޔާރުވަމުންދަނީ އަންނަ މަހު ބްރެޒިލްގައި އޮންނަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށެވެ.