ޚަބަރު

ގްރީން އިން މާޒިޔާ ހިފަހައްޓައިފި


ރަމަޟާން ވެޓަރަންސް ކަޕްގައި ކްލަބް ގްރީން ސްޓްރީޓްސްއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިފަހައްޓައިފިއެވެ.

އިއްޔެ ހަވީރު މާޒިޔާ އާއި ގްރީން ވާދަކުރި މެޗް ނިމުނީ 2-2އިން ދެޓިމް އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލިޑް ނެގީ މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ ނަވާރަ ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުށްދިނީ ޢަލީ އުމަރެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވަރަށް ކުރީކޮޅު މަޒިޔާއިން ވަނީ ދެވަނަލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. ސާޅީސް އެއްވަނަ މިނެޓުގައި މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކޮޅުންތެރިޔާގެ މަގާމު ހޯދި ޢަލީ އުމަރެވެ.

މާޒިޔާ އިން ލީޑުގައި ކުޅެމުންދަނިކޮށް ގްރިންއިން ވަނީ ކައިރި ކައިރީގައި ދެލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ލަނޑު ސާޅިސް ހަވަނަ މިނެޓުގައި މުޙައްމަދު ޒެނިތް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ސާޅިސް އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޙުސައިން ރަޝީދެވެ.

ގްރީން ސްޓްރީޓްސް އިން މާޒިޔާ ހިފެހެއްޓިއިރު، މާޒިޔާއިން ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ.