ޚަބަރު

އައްޑޫސީޓީ ފޭދޫގައި އިމާރާތްކުރި "މަސްޖިދުލް ކައުސަރު" ހުޅުވައިފި


އައްޑޫސީޓީ ފޭދޫގައި އިމާތްކުރި "މަސްޖިދުލް ކައުސަރު" ހުޅުވައިފިއެވެ.

މަސްޖިދުލް ކައުސަރުއަކީ ފޭދޫގައި ހުރި އެންމެ ދުވަސްވީ މިސްކިތުގެ ތެރެއިން ނަަމާދުކުރާ އެއް މިސްކިތެވެ. އަދި އެ މިސްކިތަކީ ފޭދޫގައިހުރި އެންމެ ކުޑަ އެއް މިސްކިތެވެ. ފޭދޫގައި ކުރިން ހުރި މި މިސްކިތް ތަޅާލައި، އާ އަލަށް ބިނާކުރި މިސްކިތުގައި އެއްފަހަރާ 300 މީހުނަށް ނަމާދުކުރެވޭނެއެވެ. އަދި ޒަމާނީ ފެންވަރަށް އިމާާރާތްކޮށްފައިވާ މި މިސްކިތުގައި އޭސީވެސް ވަނީ ބަހައްޓާފައެވެ.

މި މިސްކިތް ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށެވެ. މި މިސްކިތް ހުޅުވުމާއެކު، ފޭދޫގައި މިހާރު ޖުމްލަ ހުކުރު ކުރާ ތިން މިސްކިތް ހުރެއެވެ.