ކުޅިވަރު

ޕޮއިންޓެއް ނުލިބި އެސްއެމްޓީ ގޯދިއްޔަ ކަޕުން ކަޓައިފި


ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލްކަޕްގެ އެސްއެމްޓީގެ މައްޗަށް މަލްޓިޖީނިއަސް ސިޓީ ހަތަރެއް ސުމަކުން ކުރި ހޯދައިފިއެވެ.

މިދެޓީމަކީ ގްރޫޕް ޑީގެ އެންމެ ފުލުގައި އޮތް ދެޓީމަކަށްވުމުން، މި ދެޓީމު މި މެޗަށް ނުކުތްއިރު ވެސްވަނީ މުބާރާތުން ކަޓާފައެވެ.

ރޭގެ މެޗުގައި މަލްޓިޖީނިއަސް ސިޓީއަށް ލަނޑުތައް ކާމިޔާބްކޮށްދީފައިވަނީ ޙުސައިން ޝާން، މުޙައްމަދު އަޙުމަދާއި، މުޙައްމަދު ފަޒީލް އަދި މިރާހު މުޙައްމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މަލްޓި ޖީނިއަސް ސިޓީގެ މުޙައްމަދް އަޙްމަދެވެ.

މި މުބާރާތުގެ ގުރޫޕް "އޭ" ގެ އެއްވަނާގައި ޓީމްގެ ގޮތުގައި ކުއާޓައިން ޖާގަ ހޯދީ އެފްސީ ބޭރުމަތި އަދި ދެވަނަ ޓީމްގެ ގޮތުގައި ޖާގަ ހޯދީ މާކަރީ ޔުނައިޓެޑެވެ. ގުރޫޕް "ބީ" ގެ އެއްވަނަ ޓީމްގެ ގޮތުގައި ޒިފިޔާ ޖާގަ ހޯދިއިރު ދެވަނަ ހޯދީ ސްކޫޕް ކަންމައްޗެވެ. ގްރޫޕް "ސީ" އެއްވަނާގަ ހޯދީ ޔަންގް ވަންސް އަދި ދެވަނަ ހޯދީ ޒެލޯންއެވެ. ގްރޫޕް "ޑީ" ގެ އެއްވަނައިގައި އޮތީ ފްރެންޑްސް ކްލަބް އަދި ދެވަނައިގައި އޮތީ ސްކަވަންޖާސްއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. ކުއާޓާ ފައިނަލްގެ ފުރުތަމަ ކުޅޭ މެޗުގައި ވާދަކުރާނީ ގުރޫޕް އޭ ގެ އެއްވަނަ އެފްސީ ބޭރުމަތި އަދި ގުރޫޕް ސީގެ ދެވަނަ ޒެލޯންއެވެ.