ކުޅިވަރު

ބޮޑު ތަފާތަކުން އަފިރިން ބަލިކޮށް ގްރޫޕްގެ އެއްވަނަ ޔަންގްވަންސް ހޯދައިފި


ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލްކަޕްގެ ބޮޑު ތަފާތަކުން އެފްސީ އަފިރިން ބަލިކޮށް ޔަންގް ވަންސް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިެވެ.

ރޭގެ ކުޅުނު މެޗު މެޗު ޔަންގްވަންސްއިން ކާމިޔާބުކުރީ އަށެއް އެކަކުންނެވެ. މެޗުގައި ޔަންގް ވަންސްގެ ލަނޑުތައް ޖަހައިދީފައިވަނީ ހުސައިފަތު ރަޝީދާއި، އިސްމާޢީލް މުނީޒާއި، ޙުސައިން ޢަލީއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖަހާދީފައިވަނީ އަބްދުﷲ ރިޒްމީން އަދި ޙުޞައިން ނާޒިމެވެ. މެޗުގައި އެފްސީ އަފިރިންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އިސްމާޢީލް ޢަބްދުﷲއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔަންގް ވަންސްގެ އިޞްމާޢީލް މުނީޒެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ޔަންގް ވަންސް ހޯދިއިރު ގްރޫޕް ސީއިން ކުއާޓަރއަށް ދެން ދަތުރު ކޮށްފައިވަނީ ޒިލޯންއެވެ.