ކުޅިވަރު

ސްކަވެންޖާސް ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ފްރެންޑްސް ކްލަބް!


ހެޕީ މާކެޓު ގޯދިއްޔާ ފުޓްސަލް ކަޕްގައި ސްކަވެންޖާސް އާއި ފްރެންޑްސް ކްލަބްް ބައްދަލުކުރި މެޗް 7 ލަނޑު 0 ލަނޑުން ފްރެންޑްސް ކްލަބް ކާމިޔާބްކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިއީ މިދެޓީމު ވެސް މިމުބާރާތުގައި ކުޅުނު ތިންވަނަ މެޗެވެ. މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ފްރެންޑްސް ކްލަބްވަނީ މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. މި މެޗުން މޮޅުވުމުން އެޓީމަށް މިހާރުވަނީ 9 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ރޭގެ މެޗުން މޮޅުވެ ފްރެންޑްސް ކްލަބް ވަނީ ގްރޫޕުގެ އެއްވަނަ ޓީމްގެގޮތުގައި ދެވަނަ ބުރުގެ ޖާގަހޯދާފައެވެ.

މިމެޗުން ކްލަބް ސްކަވެންޖާސް ބަލިވިޔަސް މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް މިޓީމްވަނީ މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. އެގޮތުން މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދާފައިވަނީ ކްލަބް ސްކަވެންޖާސްއިންނެވެ. އަދި މިގްރޫޕުގެ އެހެން ޓީމްތަކުން މިހާތަނަށް ޕޮއިންޓެއް ލިބިފަ ނެތުމުން، ދެންއޮތް މެޗު ކާމިޔާބުކުރިއަސް އެޓީމުތަކަށް އެންމެ ގިނަވެގެންވެސް ލިބޭނީ ތިން ޕޮއިންޓެވެ.

މިމެޗުގައި ފުރެންޑްސް ކުލަބުން 3 ލަނޑު ކާމިޔާބްކޮށްދީފައިވަނީ ޙުސައިން ޝަރީފް(އޮންލީ) އެވެ. އަޔާޒު އަޙުމަދު ދެ ލަނޑު ކާމިޔާބްކޮށްދީފައިވާއިރު، އަނެއް ދެލަނޑު ކާމިޔާބްކުރީ މުޙައްމަދު ޢިމްރާނާއި، ޙުސައިން ޣައްސާން ލަބީބެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ފްރެންޑްސް ކްލަބްގެ ޙުސައިން ޝަރީފް (އޮންލީ)އެވެ.