ކުޅިވަރު

އެފްސީ ޒިޔާރަފަންނަ ބަލިކޮށް ޒިލޯން ދެވަނަ ބުރުން ޖާގަ ހޯދައިފި


ހެޕީ މާކެޓު ގޯދިއްޔާ ފުޓްސަލް ކަޕްގައި ރޭ ކުޅުނު ފުރަތަމަ މެޗް ޒިލޯން ކާމިޔާބްކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އެފްސީ ޒިޔާރަފަންނަ އާއި ޒިލޯން ބައްދަލުކުރި މި މެޗު 8-0 ކާމިޔާބުކޮށްފައިވަނީ ޒިލޯންއެވެ. މިއީ މިދެޓީމު ވެސް މިމުބާރާތުގައި ކުޅުނު ތިންވަނަ މެޗެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޒިލޯންވަނީ މޮޅުވެފައެވެ. އަދި ދެވަނަ މެޗުން ބަލިވެފައެވެ. އެހެންކަމުން ރޭގެ މެޗުން ޒިލޯން މޮޅުވުމުން އެޓީމްވަނީ މުބާރާތުގެ ދެވަނަބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. އެފްސީ ޒިޔާރަފަންނަ މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ.

ޒިލޯން ޓީމްގެ އަޙުމަދު އަޒުމީލާއި، ޙަސަން އަތޫފް އަދި ޙުސައިން އައިކު ވަނީ ކޮންމެ ކުޅުންތެރިއަކަށް ދެލަޑު ކާމިޔާބްކޮށްފައެވެ. އަދި އަނެއް ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އެޓީމުގެ ހަސަން ލައުހާއި، އިބްރާހީމް އަލްޒަމެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒިލޯންގެ ޙުސައިން އައިކެވެ.