ޚަބަރު

ގާޑިއޯލާ ލައިގެން ހުރި ކޯޓް ނީލަން ކިޔަނީ


މެންޗެސްޓާރ ސިޓީ އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ ތިން ތަށި ވެސް ކާމިޔާބުކުރި އިރު ކޯޗު ޕެޕް ގާޑިއޯލާ ލައިގެން ހުރި ކޯޓު ނީލަން ކިޔަން ނިންމައިފިއެވެ.

މިއީ މެންޗެސްޓާ ސިޓީގެ ޗެރިޓީ ހަރަކާތަކަށް ފައިސާ ހޯދުމަށް ކުރާ ނީލަމެކެވެ. ގްރޭ ކުލައިގެ މި ކޯޓާ ނުލައި ފަހަކަށް އައިސް ގާޑިއޯލާ ފެނިފައިނުވެއެވެ. މިކޯޓަކީ އޭނާގެ އަންހެނުން ބާސެލޯނާގައި ހިންގާ ބޮޓިކް ކުންފުނީގެ ވޫލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޯޓެކެވެ.

މެންޗެސްޓާރ ސިޓީން އެފްއޭކަޕާއި ޕްރެމިއާ ލީގު އަދި ލީގު ކަޕް ކާމިޔާބުކުރި އިރު ގާޑިއޯލާ ލައިގެން ހުރީ މި ކޯޓެވެ. މިހެންވެ ސިޓީގެ ސަޕޯޓަރުންގެ މެދުގައި މިވައްތަރުގެ ވޫލްކޯޓު ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ.