ވިޔަފާރި

އެމްޓީސީސީން މިދިޔަ އަހަރުގެ ފައިދާ ނުބެހުމަށް ނިންމައިފި


އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ފައިދާ ނުބެހުމަށް ކުންފުންނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެމްޓީސީސީން މިގޮތަށް ނިންމާފައިވަނީ 2018 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ ދަށްވުމާއިގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިރެކްޓަރުން ބޯޑުގެ ބައްދަލުވުމުގައެވެ. އެމްޓީސީސީން ބުނީ މި ނިންމުން ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އިއުލާނުކުރުމަށް ނިންމާފައިވާކަމަށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބފައިވަނީ، ގާތްގަނޑަކަށް 34 މިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރުގެ ފައިދާ ދަށްވުމާއި ގުޅިގެން ފައިދާ ނުބެހުމަށް ކުންފުނިން ނިންމާފައިވާއިރު، 2017 ވަނަ އަހަރު ކުންފުނީގެ ހިއްސާއަކަށް ބަހާފައިވަނީ ހިއްސާއަކަށް 2.60ރ އެވެ. އެމްޓިސީސީއަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 147.3 މިލިއަން ރުފިޔާ ލިބުނުއިރު ހިއްސާދާރުންނަށް ޖުމްލަ 20.9 ރުފިޔާ އެކުންފުނިން ބާހާފައިވެއެވެ.