ކުޅިވަރު

ކުޅުނު ދެ މެޗު ކާމިޔާބުކޮށް ސްކަވެންޖާސް ދެވަނަބުރުގެ ޖާގަ ހޯދައިފި


ހެޕީ މާކެޓު ގޯދިއްޔާ ފުޓްސަލް ކަޕް ގައި ރޭ ކުޅުނު ދެވަނަ މެޗް ކްލަބް ސްކަވެންޖާސްއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މަލްޓިޖީނިއަސް ސިޓީ އާއި ބައްދަލުކޮށް މި މެޗު ކުލަބު ސްކަވެންޖާސްއިން ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ މިދެޓީމު ވެސް މިމުބާރާތުގައި ކުޅުނު ދެވަނަ މެޗު. މުބާރާތުގައި މަލްޓިޖީނިއަސް ސިޓީ ކުޅުނު ފުރަތަމަ މެޗުން އެޓީމް ވަނީ ބަލިވެފައިއެވެ. ރޭގެ މެޗުން މަލްޓިޖީނިއަސް ބަލިވުމުން އެޓީމަށްވަނީ މުބާރާތުގެ ދެވަނަބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ހަނިވެފައިއެވެ. ކުލަބު ސްކަވެންޖާސްއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްވެސްވަނީ ކާމިޔާބުކޮށްފައިއެވެ. މުބާރާތުން ކުލަބު ސްކަވެންޖާސްގެ ތިން ލަނޑު އެޓީމަށް ޖަހައިދިނީ ޢަލީ ނާފިއުއެވެ، އަޙުމަދު މުޢާޒް އަދި މުޙައްމަދު އަޔާޒްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކުލަބު ސްކަވެންޖާސްގެ މުޙައްމަދު އަޔާޒްއެވެ.