ތިމާވެށި

ކޮތަރުތަކުގެ ދިރިއުޅުން ހިމާޔަތް ކުރަން ފަށައިފި


ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން ވަގުތީ ގޮތުން މެދުކަނޑާލީ އެތަން
މަރާމާތުކޮށް، ރީތިކުރުމަށް ހިންގާ ޚާއްސަ މަޝްރޫއެއްގެ ދަށުން ކަމަށާއި، މި
މަޝްރޫއު ކުރިއަށްދާއިރު ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވާ ކޮތަރުތަކުގެ
ދިރިއުޅުން ހިމާޔަތްކުރެވޭނެ ގޮތް ހައުސިން މިނިސްޓްރީން ވަރަށް ރަނގަޅަށް ރާއްވަވާ
ހިންގަވަމުން ގެންދަވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



ހައުސިން މިނިސްޓްރީން ވިދާޅުވީ މިކަމުގައި ރައްޔިތުންނަށް އޮޅުން އަރާ
ގޮތަށް ބައެެެއް ފަރާތްތަކުން ސިޔާސީ މަގުސަދުތަކެއް ހާސިލް ކުުރެވޭތޯ
ވާހަކަތަކެއް ފަތުރަމުންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ޖުމްހޫރީ މައިދާން
މިނިވަން ފަންސާހަށް ނަލަ ކުުރުމުގެ މަސައްކަތް ފެށި ހިސާބުން ކޮތަރުތަކަށް
ކާންދޭނެ މާލޭގެ ތިން ސަރަހައްދެެެއް ޚާއްސަކޮށް ކޮތަރަށް ކާންދިނުމުގެ އިންތިޒާމް
ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.



ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބަދުﷲ ޝަރީފް ވިދާޅުވީ
މާލޭގެ މާހައުލުގައި ދޫންޏެއްގެ ގޮތުގައި ދިރިއުޅުން ފެންނަ މައިގަނޑު ބާވަތަކީ
ކޮތަރުތައްކަމަށްވާތީ އޭގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަށް މިނިސްޓްރީން ދިރާސާކުރައްވާ
ކޮތަރުތައް ހިމާޔަތްކުރެއްވުމަށް އަޅަންޖެހޭ ފިޔަވަޅު އަޅުއްވާފައިވާކަމަށެވެ.
އެގޮތުން ކޮތަރުތަކަށް ކާންދޭނެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅުއްވައި
އެތަންތަނުގައި ކޮތަރުތަކަށް ކާންދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށާއި އެކަންކަން
މިނިސްޓްރީން ގާތުން ބައްލަވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއައި
ބަދަލާއެކު ކޮތަރުތައްވެސް އެތަންތަނަށް ކާންދިއުން ބަދަލުކޮށްފައިވާކަން
ފާހަގަކުރެއްވޭކަމަށާއި އެހެންކަމުން މިކަންކަން މީހުންނަށް އޮޅުވާލާ ސިޔާސީ
މަގްސަދުތަކެއް ހާސިލުކުރުމަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަން
ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.