ކުޅިވަރު

4 އަހަރަށްފަހު ކަޒޯލާއަށް ސްޕެއިންގެ ޤައުމީ ޓީމުން ފުރުސަތު ލިބިއްޖެ


ހަތަރު އަހަރަށްފަހު ސަންތީ ކަޒޯލާއަށް ސްޕެއިންގެ ޤައުމީ ޓީމުން ފުރުސަތު ލިބިއްޖެއެވެ.

އާސެނަލްއަށް ކުޅެމުންދަނިކޮށް ލިބުނު އަނިޔާގެ ސަބަބުން ކަޒޯލާއަށްވަނީ 11 އޮޕަރޭޝަނެއް ކުރަން ޖެހިފައެވެ. އޭގެ ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުހީވެފައި އޮތް ކުޅުންތެރިޔާވަނީ ވިޔަރެއާލްއަށް މިދިޔަ އަހަރު ބަދަލުވެ އެކުލަބުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އޭނާ އަށް ކޯޗު ލުއިސް އެންރީކޭ ޔޫރޯ ކޮލިފައިންގައި ބައިވެރިވުގެ ފުރުސަތު މިދިނީ 668 ދުވަހު ނުކުޅެ ހުރެފައި މި ސީޒަންގައި އެނބުރި ކުޅުމުގެ ތެރެއަށް އައުމުންނެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މިހާތަނަށް ގައުމީ ޓީމަށް 77 މެޗު ކުޅެނީ 14 ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. ސްޕޭން ސްކޮޑުން ޖާގަ ލިބުނު ދެ ކީޕަރުންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އާއި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާއެވެ.

މިފަހަރުގެ ޓީމުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ބަރޯސާވުން ވަނީ މުޅިން ގެއްލިފައެވެ. އެ ދެ ޓީމުން ނަގާފައިވަނީ ވަރަށް މަދު ކުޅުންތެރިންތަކެކެވެ.