ކުޅިވަރު

ޒަވީ ކުޅުނު ހުއްޓާލައިފި


ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ކުޅުނު ހުއްޓާލައިފި.

ޒަވީ ކުޅުން ހުއްޓާލީ ޤަތަރުގެ އެންމެ ޝަރަފްވެރި އެއް ފުޓްބޯޅަ މުބާރާތްކަމަށްވާ އާމީރު ކަޕްގެ ފައިނަލްގައި ޒަވީގެ އަލް ސަދް، އަލް ދުހައިލް އަތުން ހަތަރެއް އެކަކުން ބަލިވި މެޗައްފަހުއެވެ.

ހަތަރު ރަތްކާޑު ފެނުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް އަލް ސަދުންނެވެ. ޒަވީގެ ކެރިއަރުގެ ފަހު މެޗު ކުޅެފައިވަނީ ޤަތަރުން 2022ގެ ވޯލްޑްކަޕް ބޭއްވުމަށް ހުޅުވި އަލް ޖަނޫބު ސްޓޭޑިއަމްގައެވެ.

އަލް ޖަނޫބު ސްޓޭޑިއަމްއަކީ ވޯލްޑްކަޕަށް މުޅިން އަލަށް ތައްޔާރުކުރި ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ކުޅުނު މެޗު ޝަރަފްވެރިކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯއާއި، ޤަތަރުގެ އަމީރް ޝެއިޚް ތަމީމް ބިން ހައްމާދު އަލް ޘާނީއެވެ.

އަލް ޖަނޫބު ސްޓޭއަމަކީ 40 ހާސް ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމްގައި އާދަޔާ ޚިލާފު ފިނި ކުރުމުގެ ނިޒާމެއް ޤާއިމްކުރެވިފައިވާއިރު، މިއީ ވޯލްޑްކަޕަށް ޤަތަރުން ތައްޔާރުކޮށް ނިންމާލި ދެވަނަ ސްޓޭޑިއަމެވެ.