ކުޅިވަރު

ރާއްޖެއަށް އޭއެފްސީ ކަޕްގެ ސިދާ ފުރުސަތު ގެއްލިދާނެ - އަބްދުﷲ ޝިބާޢު


ރާއްޖޭގައި މިއަހަރު ކުލަބް ލައިސެންސިން ސިސްޓަމް ތަޢާރަފް ނުކޮށް ކުރިއަށްދާން މަސައްކަތްކޮށްފިނަމަ އޭއެފްސީ މުބާރާތްތަކުގައި ކުޅުމުގެ ސީދާ ފުރުސަތު ގެއްލިދާނެކަމަށް، ރާއްޖޭގެ އޭއެފްސީ ކުލަބް ލައިސަންސް މެނޭޖަރ އަބްދުﷲ ޝިބާޢު ބުނެފިއެވެ.

އޭއެފްސީގެ ކުލަބް ލައިސެންސިން ސިސްޓަމް 2015 ވަނަ އަހަރު ތައާރަފްކުރިއިރު، އޭޝިޔާގެ 35 މެންބަރު އެސޯސިއޭޝަނަކުން މިހާރު ކުލަބް ލައިސަންސަށް އަމަލު ކުރަމުން އެބަދެއެވެ.

އަދި އޭޝިޔާގެ 7 މެންބަރު އެސޯސިއޭޝަނަކުން މި ލައިސަންސްއަށް އަދި އަމަލު ކުރާކަށް ނުފަށައެވެ. މި 7 އެސޯސިއޭޝަންގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

ކުލަބް ލައިސެންސްގެ ބޭނުމަކީ ކުލަބްތަކާއި އޭއެފްސީގެ މެންބަރު އެސޯސިއޭޝަންތަށްވެސް ހަރުދަނާ ކުރުމެވެ.

ރާއްޖެއިން އޭއެފްސީ ކުލަބް ލައިސަންސް މެނޭޖަރ އަބްދުﷲ ޝިބާޢު ބުނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކުލަބްތަކުން އޭއެފްސީގެ ކުލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަނީ މުބާރާތްތަކަށް ދާން ޖެހުނީމަކަމަށެވެ. ނަމަވެސް ކުލަބު ލައިސެންސްގެ އުސޫލުތަކަށް އޭއެފްސީން ވަރަށް ބޮޑަށް މެންބަރު އެސޯސިއޭޝަންތަކަށް ބާރު އަޅަމުންދާކަމަށް ޝިބާޢު ބުންޏެވެ.

ޝިބާޢު ބުނީ މިކަން ނުކުރާތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެފައިވާކަމަށާއި، ނަމަވެސް މިއަހަރު މިސިސްޓަމަށް ކުލަބްތަށް ފެތެން މިހާރު މަޖުބޫރުވެފަކަމަށާއި، ރާއްޖޭގެ ލީގްގައި މިކަން ކުރަން ފެށުމުން އޭއެފްސީ ކަޕަށް ދާއިރު މިއީ މާ އުނދަގޫކަމަކަށް ނުވާނެކަމަށެވެ.

އޭއެފްސީ ކުލަބް ލައިސަންސް ސިސްޓަމަށް ނުފެތި ރާއްޖެއަށް އިންނަ ސީދާ ފުރުސަތު ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށްވާނެކަމަށް ޝިބާޢު ބުންޏެވެ.

"މިއީ އަސްލުގައި ވަރަށް ސީރިއަސް މައްލައެއެއް. މިހާރު މިސިސްޓަމްއަށް ރާއްޖޭހެ ކުލަބްތަކާއި އެސޯސިއޭޝަންވެސް އެބަޖެހޭ ހޭނެން. މިއީ ކުލަބްތަށް ހަރުދަނާ ކުރުމަށް ކުރާކަމެއް. އޭއެފްސީން ލޯކަލް ކުލަބް ލައިސަންސްއިން ސިސްޓަމްއެއް ތަޢާރަފް ކުރަންވެސް ވަނީ އަންގާފަ. މިސިސްޓަމް ވާންޖެހެނީ އޭއެފްސީގެ ކުލަބް ލައިސަންސް ސިސްޓަމްއާއި އެއްވަރު ނުވަތަ އެއަށްވުރެއް މޮޅު ސިސްޓަމްއަކަށް. މިކަން ނުކޮށްފިއްޔާ ރާއްޖެއަށް ލިބޭ އޭއެފްސީ ކަޕްގައި ބައިވެރިވުމުގެ ސީދާ ސްލޮޓް ގެއްލިދާނެ. ރާއްޖެއަށް ލިބޭ ކޮލިފައިން ސްލޮޓްއަކާއި ސީދާ ސްލޮޓްއެއް. މި ސީދާ ސްލޮޓް ގެއްލިއްޖެޔާ މިވެގެންދާނީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް." ޝިބާ ބުންޏެވެ.

އެފްއޭއެމުންވަނީ މިއަހަރު ރާއްޖޭގެ ޕްރިމިއަރ ލީގް ވާދަކުރެވޭނީ އޭއެފްސީގެ ކުލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރާ ކުލަބުތަކަށް އެކަނި ކަމަށް ބުނެފައެވެ. އެކަން ކުރުމަށް ކުލަބްތާއިއެކު މިހާރު މަޝްވަރާތައްކޮށް ކުލަބް ލައިސަންސްގައި ބުނާ ކަންތައްތައް ފުރިހަމަ ކުރަމުންދާކަމަށް ޝިބާޢު ބުންޏެވެ.